ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިރިހެނެއްގެ ކަރަށް ވަޅި ޖެހީ ސަމާ ޤާސިމްތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

މިފަހުން އަންހެނަކާ ފިރިހެނަކާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައި ފިރިހެނެއްގެ ކަރަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަރިކަނބަލުން ސަމާ ޤާސިމްކަމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.

އޯގަސްޓު 29 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ދެމަފިރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިހެން މީހާގެ ކަރަށް ވަޅިޖަހާ، އޭޑިޚޭ ހޮސްޕިޓަލުގައި އެ މީހަކަށް ފަރުވާދެމުންދާކަމަށް ނޫސްތަކުން ރިޕޯޓު ކުރަން ފެށިއެވެ. ނަމަވެސް އެއީ ކޮންގެއަކު ކާކު ކަމެއް އޭރު އެކަކަށްވެސް ނޭނގެއެވެ. ނަމަވެސް، އެ މައްސަލަ ފެންމަތިވެ، މާ ގިނަ އިރުތަކެއް ނުވަނީސް މުޅި ސޯޝަލް މީޑިއާ އެކީ އެކައްޗަކަށް ބަންޑުންވީ އެ ވަޅި ޖެހި އަންހެން މީހާއަކީ ޤާސިމްގެ ދަރިކަނބަލުން ކަމުގައެވެ.

މި ޚަބަރާއެކު އެތައް ބަޔަކު އެ އަންހެން މީހާ ހައްޔަރު ނުކުރާނެކަމަށްވެސް ބުނަމުންދިޔައެވެ. ސަބަބެއް ނެތީއެއް ނޫނެވެ. މުއްސަންޖެއްގެ ދަރިއަކަށް ވީތީއެވެ. ސަރުކާރުގައި ބަސްކިޔޭވަރުގެ ވެރިއަކަށް ވާތީއެވެ.

މި މާރާމާރީއާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެފައިވާއިރު މި މައްސަލައާއި ގުޅިގެން އާންމުންގެ އެތައްބަޔަކު ދަނީ ފުލުހުން މި މައްސަލަ ފޮރުވަން އުޅޭކަމުގެ ތުހުމަތު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކާށިދޫ ދާއިރާގެ މެންބަރުވެސް ވަނީ މިކަމާ ގުޅޭގޮތުން ވާޙަކަ ދައްކަވާފައެވެ. އެގޮތުން،މި ޤައުމުގައި ބޮޑުން ކުރާ ކަންކަން ބެލެމުން ނުދާކަމަށް ފާހަގަކޮށް ޖާބިރު ވިދާޅުވީ، މާމިނގިލީ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ކލީޑަރު ޤާސިމް އިބްރާހިމްގެ ދަރިފުޅު އޭނާގެ ކުރީގެ ފިރިމީހާގެ ކަރަށް ވަޅިޖެހުމުންވެސް އެ މައްސަލަ ނުބެލޭކަމަށެވެ.

”ޤާސިމްގެ ދަރިއަކު އޭނާ ވަރިކުރި ކުއްޖާ ކަރަށް ވަޅި ޖަހާފި. މިކަހަލަ އެއްވެސް ކަމެއް ނުބެލެ. ބޮޑުންގެ ކަންތައްތައް ނުބެލި މިދަނީ. ” ޖާބިރު ވިދާޅިުވިއެވެ.

ބޮޑުންގެ ދަރިއަކަށް ވީތީ ސަމާ ޤާސިމްގެ މައްޗަށްވެސް އެއްވެސް ފިޔަވަޅެއް ނޭޅޭނެކަމަށް ބުނާފަދަ މޭރުމަކުން ވާހަކަދައްކަވަމުން ޖާބިރުވެސް ވިދާޅުވަމުން ދިޔައީ މި ޤައުމުގައި ނިކަމެތި މީހާއަށް އޮންނާނީ ނިކަމެތި ގޮތްކަމުގައެވެ.

ސަމާ ގާސިމްގެ މައްޗަށް ކުރެވޭ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އޭނާވެސް މިވީހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 3%ބޮޑު ޖޯކެއް 15%ހައިރާންވެއްޖެ 0%ވަރަށް ދެރަ 63%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: