ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީގޯނާގެ ތުހުމަތު ކުރެވުނު ޓީޗަރަށް އަނިޔާކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ޓިއުޝަން ނަގާދޭން ގެއަށް ދިޔުމަށްފަހު ފިރިހެން ކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތުކުރެވިފައިވާ ޓީޗަރަށް އަނިޔާކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

”ސަންގު” އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ މަހު 23 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖިންޖީ ގޯނާގެ ތުހުމަތުވާ ޓީޗަރަށް އަނިޔާކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާ ހައްޔަރުކުރެވިފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ. މި މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މައްސަލަ އިތުރަށް ތަހުޤީގުކުރަމުންދާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ޓިއުޝަނަށް ކިޔަވަން ދިޔަ ފިރިހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުކުރާ އުމުރުން 29 އަހަރުގެ އެ ޓީޗަރު ހިފަހައްޓައި އަނިކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިދިޔަ މަހު 24 ވަނަ ދުވަހުގެ ރޭ ދައުރުވެފައިވާއިރު އެ ރޭ ފުލުހުން ވަނީ އެ ފިރިހެން ޓީޗަރު ހައްޔަރުކޮށްފައެވެ.

މި ޓީޗަރުވަނީ އޭނާގެ ފޯނުން ކިޔަވައިދިން ދަރިވަރަށް ބަދުއަޚުލާޤީ އަމަލުތަކުގެ މަންޒަރުތައްވެސް ދައްކާފައެވެ.
މި މީހާ ހިފަހައްޓައި އާންމުން އޭނާއަށް އަނިޔާކުރި ވީޑިއޯއެއް އާންމުވުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި އެ އިދާރާއިން ބުނެފައިވަނީ ކުށްތަކުގެ ތުހުމަތުވާ މީހުންނަށް ހަމަލާދީ މާރާމާރީ ހިންގައި އަނިޔާރާ މީހުންގެ މައްސަލަތައް ބަލައި އެ މީހުންނާމެދު ފިޔަވަޅުއަޅާނެ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ ޓީޗަރު ހިފެހެއްޓުމަށް ފަހު އަނިޔާދިން އިރުވެސް ، އޭނާ ހުރީ އެ މައްސަލާގައި ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ވަރަށް ގަދަ
56%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރަނގަޅު ކޮންނެ ތުހުމަތެއް ކުރެވުނަސް އަނިޔާކުރެވިގެން ނުވާނެ މަގުމަތިން.. އޭގެ އަސަރު ކުރަނީ ހަމައެކަނި އެމީހާއަކަަށް ނޫން އޭނާގެ އާއިލާއަށާއި މުޅި މުޖުތަމަޢުއަށް..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: