ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީރާ ފަޅާލައި 25 ރުފިޔާ ވަގަނަށްނެގި މީހާ ހައްޔަރުކޮށްފި!

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި 25ރ. ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަންގު ޓީވީއަށް މައުލޫމާތުދީފައިވާ ގޮތުގައި  މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށް އުފަން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެމީހާ ވަނީ އެކަން ކުރިކަމަށް އެއްބަސްވެސް ވެފައެވެ.

ފުލުހުން ބުނިގޮތުގައި އެ ފިރިހެން މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 45 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މީރާ އޮފީސް ފަޅާލުމުގެ ކުރިން, އެމީހާ ވަނީ މޯލްޑިވިއަންގެ އޮފީހާއި ޖުވެނައިލް ކޯޓުގެ އިމާރާތުން ވެސް ވައްކަންކޮށްފައެވެ.

ފުލުހުންގެ ބޮޑު ޓީމެއް ވަށައިގެން ސައުވީސް ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ މީރާއިން މިދިޔަ މަހުގެ ތެރޭގައި ވައްކަން ކޮށްފައިވާއިރު ފުލުހުން ބުނިގޮތުގައި އެ އޮތޯރިޓީއަށް ވައްކަން ކުރަން ވަދެފައިވަނީ ދޮރެއް ހަލާކުކޮށްލައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: