ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކު އެތެރޭގެ މަގުތަކުގައި ތާރުއަޅަން ފަށައިފި

ފުވައްމުލަކު އެތެރެ މަގުތަކުގައި ތާރުއަޅަން ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޏ. ފުވައްމުލައް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން މިއަދު ވަނީ ތާރު އެޅުމުގެ މަސައްކަތް ފެށިފައެވެ.

ތާރު އެޅުމުގެ މަސައްކަތް އިފްތިތާހްކޮށްދެއްވީ ފުވައްމުލައް ސިޓީ މެޔަރ އަލްފާޞިލް އިސްމާޢިލް ރަފީޤުއެވެ.

މި މަޝްރޫޢުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: