ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން، ޒުވާނުންނަށް: ހާލަތު ބަދަލުވާން އެދޭނަމަ، އިންތިހާބުގައި ވޯޓުލުމުގެ ޝައުގުވެރިކަން ނެތުމަކީ ރަނގަޅު ވިސްނުމެއް ނޫން!

ދިވެހި ޒުވާނުން ބޭނުންވަނީ ސަރަހައްދީ ސިޔާސީ ކޯޅުމަށް ވުރެ ބޮޑަށް ސުލްހަވެރިކަމާއި އަމާންކަން، ކަމަށް ބުނެ ލިޔެފައިވާ ބޯޑުތަކެއް ހިފައިގެން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާނަމަ، 2023 ގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ޒުވާން އުމުރުގެ ކުދިން ބުނުމަކީ އެހާ ރަނގަޅު ވިސްނުމެ ނޫންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް އަަހަރަކަށް ވެފައިވާއިރު، ޒުވާނުންގެ އާބާދީގެ ތެރެއިން 23 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުން ވޯޓު ލާން ނުނިކުމެދާނެކަމުގެ ފުރުސަތު އެބައޮތްކަން ފާހަގަ ކުރުމުން ރައީސް ޔާމީން ވިދާޅުވީ މިއީ މިވަގުތު އެމަނިކުފާނުގެ ވެސް އޮތް ކަންބޮޑުވުމެއް ކަމަށެވެ. ގައުމުގެ ހާލަތާއި މެދު ވިސްނައި ކަންބޮޑުވުންތައް އޮތް ނަމަވެސް، ސިޔާސީ މީހުންނާއި އެ މީހުންގެ ސިޔާސަތުތައް މަތީން ޒުވާނުން ފޫހިވެފައިވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ޒުވާނުންގެ އެ ޖަޒުބާތު ހުރެދާނެކަން ގަބޫލު ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“ދެން އަޅުގަނޑަށް ގަބޫލު ކުރެވޭ އިނގޭތޯ.. އަޅުގަނޑަށް ވެސް އެ ފީލް އައިއްސަ އޮތީ.. ޒުވާވުންގެ އެވަރުގެ އިންޓްރެސްޓެއް ނެތޭ… ވޯޓާސް އެމްޕަތީ… ތިމަންނަމެންނަކަށް ޑަޒަންޓް މޭކް އެނީ ޑިފަރެންސް އޭ.. ޒުވާނުންގެ ކަންތަކެއް ވަކި ރަނގަޅުވެގެންނެއް ނުދެއޭ.. އެކަމަކު އަޅުގަނޑުގެ ވާހަކައަކީ ކޮން ބައެއްހެއްޔޭ ޒުވާނުންގެ ހަލަތު ރަނގަޅު ކުރާނީ އިފް ދޭ އާ އަން އިންޓްރެސްޓެޑް… މިކަން ރަނގަޅު ކުރުމަށްޓަކައި އެ މީހުންނަށް ރަނގަޅު މެނިފެސްޓޯއެއް ހިފައިގެން ނޫނީ ޒުވާނުންގެ ކަންކަން ރަނގަޅު ކުރުމަށް އިސްވެ މެނިފެސްޓޯއެއް ހިފައިގެން އަންނާނެ ރައީސަކަށް އެބޭފުޅުން ޖާގައެއް ދޭން އެ މީހުންގެ އެ އިންޓްރެސްޓު ނެތިއްޔާ.. ދެން ކޮންބައެއްހެއްޔޭ އެ މަސައްކަތް ދެން ޒުވާނުންނަށް ކޮށްދޭނީ” ރައީސް ޔާމީން

ޒުވާނުންގެ ހުރި ކަންބޮޑުވުންތަކަކީ ގަބޫލު ކުރާ ވާހަކަތަކެއްކަމަށާއި، ނަމަވެސް އެ ހާލަތު ބަދަލު ކުރުމަށް މަސައްކަތް ކުރުމަށް ތިބީ ވެސް ޒުވާނުންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެ ހާލަތާއި މެދު ވިސްނައި، ރަނގަޅު ބަދަލު ފެންނާނެ މެނިފެސްޓޯއެއް އެކުލަވާލުމުގައި ޒުވާނުންގެ ބައިވެރިވުމަށް އެދުމުން އެ ޖާގަ ދިނުމަށް އެދޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވީ ޒުވާނުންގެ ޝައުގުވެރިކަމެއް ނެތި، ދެން ބަދަލަށް އެ މަސައްކަތް ކުރާނެ އިތުރު ބަޔަކު ވެސް ނުތިބޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޒުވާން ޖީލުތައް ވޯޓުލުމަށް ޝައުގުވެރިކަން ނެތުމަކީ، އަމިއްލަ ހާލަތު ރަނގަޅު ކުރުމަށް ޝައުގުވެރިންކަން ނެތުމާއި އެއްފަދަވުން ކަމަށެވެ. އަދި ގައުމާއި މުޖުތަމައުގެ ހާލަތު ބަދަލުކުރުމަށް ފުރުސަތު ލިބެނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރުކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ރައީސަކު އައްޔަނު ކުރުމަށް ލިބޭ ފުރަސަތަށް ވުރެ ބޮޑު ގައުމީ ސަލާމާތާއި ބެހޭ ކަމެއް ނޯންނާނެކަމަށާއި އެއްވުރެ ބޮޑަށް ރައްޔިތުން ކަންބޮޑުވާންވީ ކަމެއްވެސް ނޯންނާނެކަމަށެވެ.

ރައީސަކު އައްޔަނު ކުރުމަށް ޒުވާނުންގެ ބަސް އެންމެ މުހިންމުވާ ސަބަބަކީ، އެ މީހާއަކީ ދެން އޮތް ފަސް އަހަރު ގައުމުގެ ހިންގުމާއި ހަވާލުވާ މީހައަށްވުން ކަމަށް ރައީސް ޔާމީން ވުދާޅުވި އެވެ. އެ މީހަކީ ވެރިކަމަށް އެކަށީގެންވާ މީހަކަށް ނުވިޔަސް ކުރިޔަށް ދިއުން ނޫން އިތުރު ގޮތެއް އެހާ ހިސާބުން ނޯންނާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން އެ ބަދަލަށް، ވޯޓުލާން ނިކުތުން މުހިންމުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ހާލަތާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބާއިމެދު އެންމެ ބޮޑު ޝައުގުވެރިކަމެއް ހުންނަން ވާނީ ޒުވާނުންކަމަށެވެ. އަދި ކޮންބައެއްތޯ ރިޔާސީ އިންތިހާބަށް ކުރިމަތިލީ، މެނިފެސްޓޯއާއި ލިބިދާނެ މަންފާތަކާއިމެދު ޝައުގުވެރިވާން ވާނީ ޒުވާނުންކަމަށާއި، އެއްވެސް ބަޔަކު ހާލަތު ބަދަލު ކުރުމަށް ބޭނުންވާ ނަމަ، ރިޔާސީ އިންތިހާބަށް ޝައުގުވެރިކަމެއް ނެތްކަމަށް ދެއްކުން އެއީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

“ހަމަ މިއަދުވެސް، ހަމަ އަދިވެސް ޒުވާނުންގެ ކުޅިވަރު ހަރަކާތްތަކާއި ޒުވާނުންގެ ވަޒީފާތަކާއި ޒުވާނުންގެ އުންމީދުތައް ފުރިގެން ދަނީ އޭރު ކުރެވިފައި ހުރި ކަންތައްތަކުން.. އަޅި މުޅި އިގްތިސާދު ބަދަލުވެގެން ދިޔައީމަ ޒުވާނުންނަށް ދެއްތޯ ވަޒީފާގެ ފުރުސަތުތައް އެ ފަހިވަނީ.. އެހެންވީމަ ކީއްވެގެން ތޯ ޒުވާނުން ޝައުގުވެރިކަން ނެތްކަމަށް ވާންވީ މިއަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ލުން.. ޒުވާނުން ނިކުމެ ޒުވާނުންގެ ކަންކަން އޮޅުންފިލުވަން ޒުވާނުން އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހޭނީ” ރައީސް ޔާމީން

ރއީސް ޔާމީން ވިދާޅުވީ ޒުވާނުންނާއި ބައްދަލުކޮށް، ބޭނުންވާ ބަދަލުތައް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މެނިފެސްޓޯ އެކުލަވާލާއިރު އެކަމުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެކަމަށް ވިދާޅުވި އެވެ. ބައްދަލުވުންތަކުގެ އެންމެ ބޮޑު ބޭނުމަކީ ގައުމުގެ ކުރިއެރުމަކީ ޒުވާނުންކަން ވިސްނައި ދިނުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“އެއްވެސް ބަޔަކު.. އެއްވެސް ބަޔަކު އެބައެއްގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުން ވަންޏާ ރިޔާސީ އިންތިހާބަށް ޑިސް އިންޓްރެސްޓު.. އަން އިންޓްރެސްޓު ޝޯ ކުރުމަކީކޮށްގެން ވާނެ ކަމެއް ނޫން” ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ގައުމުގެ ހާލަތާއި މެދު ޒުވާނުން ވިސްނާ ފިކުރު ކުރަން ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު ޒުވާނުންގެ ފޯރަމެއް ބާއްވައި ބައްދަލު ކުރުމަށް ބޭނުންވާކަމަށް ވެސް އިންޓަވިއުގައި ވިދާޅުވި އެވެ.

ވެރިކަމުގައި ހުންނެވި އިރު ވެސް ރައީސް ޔާމީން ވަނީ ހޯޕް ފޯ ޔޫތް އަދި ޔޫތް ނޭޝަންގެ ނަމުގައި ހަރަކާތްތައް ކުރިޔަށް ގެންދަވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: