ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިއްސާރައިގައި ގެއްލުންވި ފަރާތްތަކަށް ސަރުކާރުން ބަދަލުދީފި

ރާއްޖެއަށް މިޖޫން މަހު ކުރި ވިއްސާރައިގައި ގެއްލުންވި ރަށްތަކުގެ ތެރޭގައި ހިމެނޭ ގދ ހޯޑެއްދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި ކުރި ވިއްސާރައިގައި ގެއްލުންވި ފަރާތްތަކަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން 1.3 މިލިއަން ރުފިޔާ ދީފިއެވެ.

ސަރުކާރުގެ ފަރާތުން އެހީގެ ފައިސާ ހަމަޖައްސައިފައިވަނީ ނޭޝަނަލް ޑިޒާސްޓްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށެވެ.

އެންޑީއެމްއޭ އިން ބުނި ގޮތުގައި ވިއްސާރައިގެ ސަބަބުން 10 ރަށަކަށް ގެއްލުންވެގެން އެ އޮތޯރިޓީ އަށް ވަނީ ރިޕޯޓްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ބަދަލު ދީފައިވަނީ ނުވަ ރަށަކަށެވެ.

ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ ވައިކަރަދޫ އާއި ށ ބިލަތްފަހި، ށ ފުނަދޫ ، ތ ތިމަރަފުށި، ގދ ހޯޑެއްދޫ، ގދ ފިޔޯރީ، ގދ ރަތަފަންދޫ، ސ މަރަދޫ އަދި ސ މަރަދޫފޭދޫ އެވެ.

އެންޑީއެމްއޭ އިން އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ވިއްސާރައިގައި ގެއްލުން ވެގެން ރިޕޯޓް ކުރި ރަށްތަކުގެ ތެރެއިން ގޭބިސީ ފެންވަރުގައި ގެއްލުންތައް ކުރިމަތިވި ރަށްތަކުގައި އެސެސްމެންޓް ހަދާފައިވަނީ 277 ގެއެއްގައި ކަމަށާއި ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށާއި ގޭގެ އިމާރާތަށް ގެއްލުންވެފައިވާ 131 ގެ ހިމެނޭ ކަމަށް އެސެސްމެންޓްގައި ހާމަކޮށްފައިވެއެވެ.

ހިފައިގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އެހީގެ ގޮތުގައި 294،562.60 ރުފިޔާ ދީފައިވާއިރު އިމާރާތްތަކަށް ލިބުނު ގެއްލުންތަކަށް އެހީގެ ގޮތުގައި 961،725 ރުފިޔާ ވަނީ ދީފައެވެ.

ވިއްސާރާއިގައި ގެއްލުން ލިބުނު ފަރާތްތަކުގެ ތެރޭގައި ދަނޑުބިންތައް ގެންގުޅޭ ފަރާތްތައް ހިމެނޭތީ އެފަރާތް ތަކުގެ ތެެރެއިން އަށް ދަނޑެއްގެ ވެރިފަރާތްތަކަށް ވަނީ ބަދަލު ދީފައެވެ.

ރާއްޖޭގެ މޫސުން ކޮންމެ އަހަރަކުވެސް އެންމެ ބޮޑަށް ގޯސްވެ ވިއްސާރައާއި އުދަ އެރުމުގެ ހާދިސާތައް އާއްމު ގޮތެއްގައި ދިމާވަނީ ޖޫން މަހާއި ޖުލައި މަހުގައެވެ. ނަމަވެސް މިފަހަކަށް އައިސް މޫސުމަށް އަންނަ ބަދަލުތައް ވަނީ ބޮޑުތަނުން ތަފާތުވެފައެވެ. އެގޮތުން މިހާރު އަހަރުގެ ފަހުކޮޅު ވިއްސާރަކުރުން އާއްމުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: