ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާޑުކިޔުންތަކަށް ސަރުކާރުގެ ރައްދު: 23 މިލިއަން ހަރަދުވީ ވަގުތީ ދެ ސުކޫލު އަޅަން

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި އަލަށް މީހުން އާބާދުވި ދެވަނަ ފިޔަވަހި ސަރަހައްދުގައި ހުޅުވި ސުކޫލުގެ އިމާރާތް ކުރުމުގެ ފެންވަރާމެދު އަމާޒުވި ފާޑުކިޔުންތަކަށް ސަރުކާރުން ރައްދު ދީފިއެވެ.

 ދަރިވަރުންގެ ޖާގައިގެ މި ސްކޫލުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި 47 މުދައްރިސުން ހަރަކާތްތެރިވާނެއެވެ. އަދި 8 އިދާރީ މުވައްޒަފުންނާއި، 10 މަސައްކަތު މީހުންނާއެކު ޖުމްލަ 65 މުވައްޒިފުން މި ސްކޫލްގައި މަސައްކަތްކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ވަގުތީ ގޮތުން އެ ސަރަހައްދުގައި ހުޅުވި މި ސުކޫލު އިމާރާތްކޮށްފައިވާ ގޮތާ މެދު ގިނަ ބަޔަކު ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.

ފާޑުކިޔުންތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެސްޖޭ ކޮންސްޓްރަކްޝަނާ 23 މިލިއަން ރުފިޔާއަށް ހަވާލުކުރީ ދެ ޕްރީސުކޫލު އެޅުމަށެވެ. ދެ ސުކޫލު ވެސް ހަވާލުކުރީ 165 ދުވަސް ތެރޭ ނިންމާ ގޮތަށް ނަމަވެސް އޭގެ ތެރެއިން މިހާރު ހުޅުވާފައިވާ ސުކޫލު އަވަހަށް ނިމުމުން ކިޔަވައިދޭން ފެށީ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

ޕްރީ ސުކޫލެއްގެ ގޮތުގައި އިމާރާތް ކުރެވުނު ނަމަވެސް މި ތަން މި ވަގުތަށް ބޭނުން ކުރާނީ ޕްރައިމަރީ ސުކޫލެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތް އެއްކޮށް ނުނިމޭތީ، ބައެއް ސަރަހައްދުތަކުގައި ޓިނު ބޭނު ބޭޏުންކޮށްފައިވާތީވެސް ގިނަ ބަޔަކު ވަނީ ފާޑިކިޔުން އަމާޒުކޮށްފައެވެ.

ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ސުކޫލަށް ފާޑު ކިޔުން އަމާޒުކުރައްވާ ވިދާޅުވީ، ދެވަނަ ފިޔަވަހީގައި ހުޅުވި، “އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް”އާއި އެކު، ރައީސް ސާލިހުގެ ވިސްނުފުޅުގެ ފެންވަރު ހާމަވެގެންދާކަމަށެވެ. އަދި އެއީ ވެރިކަންކުރާ ޕާޓީ، އެމްޑީޕީގެ ވިސްނުމުގެ ފެންވަރު ހުރި ހިސާބުކަމަށްވެސް ޖަމީލުވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، ކުރީގެ ރައީސް އަަދި އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައިބިނާ ކުރި “ކޮތަރު ކޮށި” އަދިވެސް ފެންނަނީ، ޒަމާނީ އަދި ޗާލު ތަނެއް ގޮތަށްކަމަށެވެ. ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުން އެތައް ހަރަދެއްކޮށް އެތައް ދުވަހަކަށްފަހުން ހަދިޔާ ކުރީ “ޓިނު ސުކޫލެއް” ކަމަށް ޖަމީލް ވަނީ ސިފަކުރައްވާފައެވެ.

ކުރެހުމާއި ތަން ހަދައި ނިމުނުއިރު އެއްގޮތްނުވުމުގެ ސަބަބުން ސުކޫލު އިމާރާތްކުރުމާއި ހަވާލުވި އެޗްޑީސީއަށްވެސް ބައެއް ފަރާތްތަކުން ފާޑުކިޔާފައިވެއެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަޅާފައިވާ ބައެއް އިމާރާތްތަކާއި ސުކޫލުތައްފަދަ ތަންތަނާއި ހުޅުމާލޭ ފޭސް 2 ގައި ރައީސް ސާލިހު ހުޅުއްވައިދެއްވި އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް އާއި އަޅާކިޔާފައިވެސްވެއެވެ.

މިފަދައިން އަޅާކިޔާ ޕީޕީއެމުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެެނެސްދެވޭނީ ވިސްނުންތެރި ގާބިލް ލީޑަރަކަށެވެ. އިޝާރާތް ކުރައްވާފައި އެވަނީ އިދިކޮޅުގެ ލީޑަރ ރައީސް ޔާމީންއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: