ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލްގެ ފްލެޓްތައް މުވައްޒަފުންނާއި ހަވާލުކޮށްފި

އެމްއޭސީއެލްގެ ފްލެޓުތައް މުވައްޒަފުންނާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގރ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލުން އިމާރާތްކުރި ފްލެޓްތައް ނިންމައި މުވައްޒަފުންނާ މިއަދު ހަވާލުކޮށްފި އެވެ.

ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމާ ތަޅުދަނޑި ހަވާލުކޮށްފައި ވަނީ ފޭސް ދޭއްގައި އެކަމަށް ހާއްސަކޮށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ނިމިގެން ދިޔަ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓް އަޅަން ކުންފުނިތަކަށް ހުޅުވާލުމުން އެމްއޭސީއެލްއިން ވަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕާއި ހަވާލުކޮށްގެން 14 ބުރީގެ ދެ ޓަވަރު ތަރައްގީކޮށްފައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، މަހްޖޫބް ޝުޖާއު ވިދާޅުވީ ގާތްގަނޑަކަށް 56 އަހަރުވެފައިވާ އެ ކުންފުންޏަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކުރާ އެއް ކުންފުންޏަށްވާނެކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެނޭޖުކުރަމުން ގެންދަނީ އެމްއޭސީއެލްގެ މުވައްޒަފުންގެ މިންނެތް މަސައްކަތުންކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކުންފުނީގެ މުވައްޒަފުންނަކީ ރާއްޖޭގައި ދިމާވާ އެކި ކާރިސާތަކާ ގުޅިގެން ވެސް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ބައެއްކަމަށެވެ. އަދި އޭގެ ތެރެއިން އެމްއެންޑީއެފް އާއި ގުޅިގެން އަލިފާނުގެ ހާދިސާތަކުގައި އެ ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތައް އޭނާ ފާހަގަކުރެއްވިއެވެ.

މިފަދަ އެކި ކަންކަމުގެ ސަބަބުން ކުންފުނީގެ މުވައްޒަފުންނަށް އެކި ކަހަލަ އިނާޔަތްތައް ފޯރުކޮށްދޭންޖެހޭކަމަށް ފާހަގަކުރައްވާ، މަހްޖޫބް ވިދާޅުވީ އެގޮތުން ފްލެޓްތައް އެޅުމަކީ އެކަމަށްޓަކައި ފެށި މަޝްރޫއެއްކަމަށެވެ.

ފްލެޓްތަކާއި ގުޅިގެން ކުންފުނިން މީގެ ކުރީގައި ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ފްލެޓް ލިބުނު މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމުގައި މުވައްޒަފުން ހުށައެޅި ކަންތައްތައް ހަމަޖައްސައިދީފައިވާނެކަމަށް ފާހަގަކޮށްފައެވެ.

އެގޮތުން އެޕާޓްމަންޓް ގަތުމަށް ޖުމްލަ ދައްކަންޖެހޭ ފައިސާގެ އަދަދު 15 އަހަރުގެ ތެރޭގައި ދެއްކުމަށް މީގެ ކުރީގައި ހަމަޖެހިފައިވީ ނަމަވެސް، މިހާރު އެ މުއްދަތު 20 އަހަރަށް ބަދަލުކުރުން ހިމެނެއެވެ. އަދި ހަމަ މިއާއިއެކު ގެރެންޓާގެ ޝަރުތުތައް އުނިކޮށް އެޕާޓްމަންޓް ގަތުމަށް ޖުމްލަ ދައްކަންޖެހޭ ފައިސާގެ ތެރެއިން މަހަކު ދައްކަންޖެހޭ ފައިސާގެ އަދަދު މުވައްޒަފުންގެ މަހު މުސާރައިން އުނިކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: