ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް ދޭއްއިން ފެންނަނީ ރައީސް ޔާމީންގެ ތަރައްގީގެ ލެގަސީ: މުއިއްޒު

ހިޔާ މަޝްރޫޢު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީ ކުރި، ހުޅުމާލޭގެ ފޭސް ދޭއްގެ ކޮންމެ ސަރަހައްދަކުން ވެސް ފެންނާނީ އެމަނިކުފާނުގެ ތަރައްގީގެ ލެގަސީކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ އިތުރު ފިޔަވައްސެއް ހިއްކައި، ތަރައްގީކޮށް ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ފެށީ މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގަ އެވެ. ހުޅުމާލޭގެ ގިނަ މަޝްރޫއުތަކެއް ހިންގުމުގައި ހިއްސާވާ މުއިއްޒު ވަނީ ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަ ކުރި ޓަވަރުތަކަކީ އެއީ ރައީސް ޔާމީންގެ ވަރަށް ރަނގަޅު ނިންމުމެއްކަން ފާހަގަކުރައްވާފަ އެވެ.

ހިޔާ ފްލެޓު މަޝްރޫއުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތަން މިލްކު ކުރެވޭ ގޮތަށް އެޅި ފްލެޓުތަކުން މިހާރު ސްޓެލްކޯ އާއި އެމްއޭސީއެލްއިން ވަނީ އެޕާޓަމަންޓުގެ ތަަޅުދަނޑިތައް ހަވާލުކޮށްފަ އެވެ. އަދި މީގެ ދެ މަސް ކުރިން ސްޓެލްކޯގެ މުވައްޒަފުން ވަނީ ޓަވަރުގައި ދިރިއުޅެން ފަށާފަ އެވެ.

އެމްއޭސީއެލް އިން އިމާރާތްކުރި 14 ބުރީގެ ދެ ޓަވަރުގައި ހުރި 384 އެޕާޓްމަންޓް އެ ކުންފުނީގެ މުވައްޒަފުންނާއި ވަނީ ހަވާލުކޮށްފަ އެވެ. މިކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ މިއީ ރައީސް ޔާމީންގެ ތަރައްގީގެ ދުރުވިސްނޭ ސިޔާސަތުކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ. އަދި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ވަނީ އަޅާފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: