ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލެކްޝަންސް ކޮމިޝަނަށް ހުޅުމާލެއިން ބިމެއްދީފި

އިލެކްޝަންސް ކޮމިޝަންގެ އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް  ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެގޮތުން ހުޅުމާލެއިން އެ ކޮމިޝަނަށް ބިމެއް ސަރުކާރުން ހަމަޖައްސައިދީފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބޭނުންކުރަމުން ދިޔަ ބާ ޖަމާލުއްދީން ސްކޫލް ހުސްކުރުމާއި ގުޅިގެން ކޮމިޝަންގެ މަސައްކަތްތަކަށް ވަނީ ޖާގައިގެ ދަތިކަން ކުރިމަތިވެފައެވެ.

މީގެ ކުރިން އިންތިހާބާއި ބެހޭ ގިނަ މަސައްކަތްތަކާއި އިދާރީ މުހިއްމު މަސައްކަތްތައް އީސީގެ ފަރާތުން ކުރަމުން ދިޔައީ ބާ ޖަމާލުއްދީން ސްކޫލްގައެވެ. ނަމަވެސް އެތަނުގައި އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ވުމާއެކު އެތަނުގައި ހުރި އިލެކްޝަންސް ކޮމޝަންގެ ސާމާނުތަކާއި މުދާ ވަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ބަދަލުކޮށްފައެވެ.

ބާ ޖަމާލުއްދީން ހުސްކުރަން ޖެހުމުގެ ސަބަބުން އިލެކްޝަންސް އަށް ވަަނީ ޖާގައިގެ ދަތިކަން ކުރިމަތިވެފައެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރު ވުމަށް އިލެކްޝަންސް ކޮމިޝަނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ޖާގައިގެ ދަތިކަމެވެ. އެ ކޮމިޝަންގެ މައި އިދާރާ އަކީ ކޮމިޝަންގެ ފަރާތުން ކުރާ އާދައިގެނ މަސައްކަތްތައް ވެސް ކޮށްލެވޭ ވަރަށްވުރެ ޖާގައިގެ ގޮތުން ކުޑަ ތަނކެވެ.

އިލެކްޝަންއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް އެކޮމިޝަނުން ވަނީ ސަރުކާރާއި ކަމާގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށްފައެވެ.

އެ މަޝްވަރާ ތަކަށް ފަހު ސަރުކާރުން ވަނީ އެ ކޮމިޝަނަށް 15،000 އަކަފޫޓްގެ ބިމެއް ހުޅުމާލެއިން ހަމަޖައްސައިދީފައެވެ.

އިލެކްޝަންސް އިން މަސައްކަތް ކުރަމުންދަނީ ބިމުގެ ރަޖިސްޓްރީގެ ކަންކަން ހަމަޖެހުމާއިއެކު އިމާރާތުގެ މަސައްކަތް ފެށުމަށެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ދޭތެރޭ އޮތް މުއްދަތުގައި އެބިމުގައި ބޮޑު އިމާރާތެއް ނޭޅުނު ކަމުގައިވީ ނަމަވެސް އިންތިހާބަށް ބޭނުންވާ ކަންކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަގުތީ އިމާރާތެއް އެބިމުގައި އެޅުމަށް މަސައްކަތް ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. އިލެކްޝަންސް ކޮމިޝަނުން ބަޖެޓް ހަމަޖައްސާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އެކަމަށްވެސް ތައްޔާރުވެވޭނެ ގޮތަށް އެކަންކަމަށް ބެލުމަށް ފަހުގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: