ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޅުވާލައިގެން ޕާޓީއެއްގެ ދަފްތަރުގައި ޖައްސާފައިވާނަމަ މައްސަލަ ހުށައެޅުމުގެ ފުރުސަތު!

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އިލެކްޝަންސް ކޮމިޝަނާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުން، ސިޔާސީ ޕާޓީތަކުގައި ތިބި މެމްބަރުންގެ ލިސްޓެއް އާންމުކޮށް، ޝަކުވާއަށް ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސްއިން އާންމުކޮށްފައިވާގޮތުން، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ 15:00 އާއި ހަމައަށް ހުޅުވާލެވިފައިވާ މި ފުރުސަތުގައި ޝަކުވާ ހުށައަޅަންވާނީ، “ސިޔާސީ ޕާޓިގެ މެމްބަރުކަމުން ވަކިވުމަށް އެދި ހުށައަޅާ ފޯމު” މެދުވެރިކޮށެވެ.

އެ ކޮމިޝަނުން ބުނެފައިވާގޮތުން، ފޯމު ހުށައަޅަންވާނީ، އިލެކްޝަންގެ މައި އިދާރާއަށް ވަޑައިގެން ނުވަތަ ކޮމިޝަންގެ އީމެއިލް އެޑްރެސްކަމަށްވާ info@elections.gov.mv އަށެވެ.

މީގެ އިތުރުން މިހާރު އެ މީހަކު ރަޖިސްޓަރީވެފައިވާ ޕާޓީގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓުންނާއި އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެކަމަށާއި، އެސް.އެމް.އެސް މެދުވެރިކޮށް ޕާޓީގެ މައުލޫމާތު ޗެކްކުރެއްވުމަށް PPR (space) ID-Card Number ޖެއްސެވުމަށްފަހު 1414 ފޮނުއްވުމުން މައުލޫމާތުތައް ލިބޭނެކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ސިޔާސީ ޕާޓީއެއް މެމްބަރެއްގެ ގޮތުގައި ހިމެނިފައި އޮވެގެން އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށައެޅުމަށް ފުރަސަތު ހުޅުވާލިއިރު، އެކި ފުރުސަތުތަކުގައި ޕާޓީތަކަށް އޮޅުވާލައިގެން މެމްބަރުން ވައްދަމުންދާކަމުގެ ގިނަ އަދަދެއްގެ ތުހުމަތުތަކެއްވެސް ކުރެވިފައިވެއެވެ.

އެގޮތުން ދާދި ފަހުން ޕީޕީއެމްއަށް ތާއީދު ކުރާ ބަޔަކު، އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މައްސަލައެއް ފެންމަތިކޮށް، ސޯޝަލް މީޑިއާގައި މެމްބަރެއްގެ ގޮތުގައި ހިމަނާފައިވާ އަންހެނެއް އެ މައްސަލައިގައި ވާހަކަދައްކާ ވީޑިއޯއެއް ޕީޕީއެމްއިން އާންމުކޮށްފައިވެއެވެ.

ޕާޓިތަކުން އިލެކްޝަންސްއަަށް ހުށައަޅާ ފޯމުތަކުގައި ހުންނަ ފިނގާޕްރިންޓުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް އެ ކޮމިޝަނަށް ގާއިމު ކުރެވިފައިނުވާއިރު، ހުށައެޅެމުންދާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ގާނޫނީގޮތުން ލާޒިމު ކުރެވިފައިވާ ޒިންމާއިން ކޮމިޝަނުން ބޯދަމައިގަންނަން މަސައްކަތްކުރާކަމަށް ބުނެ، މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މެމްބަރުންވަނީ ނުރުހުން ފާޅުކޮށްފައެވެ.

އިލެކްޝަންސްއިންވަނީ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީގެ ވާހަކަތަކަށް ރައްދު ދީފައެވެ. އެގޮތުން ޕާޓިތަކަށް މީހުން ވަގަށް ވެއްދުމުގެ ޒިންމާ ޕާޓީތަކުންވެސް ނަގަންޖެހޭނެކަމަށާއި، ޕާޓީތަކުން މީހުން ވަކި ކުރުން ފަސޭހަގޮތަކަށް އޮތް ނަމަ، މީހުންނަށް ނޭނގި އެކަން ކުރެވޭނެކަމަށް އިލެކްޝަންސްއިންވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: