ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައި އާސަންދަ ޑެސްކެއް ގާއިމްކޮށްފި

އާސަންދަ އޮފީސް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އާސަންދަ  ހިދުމަތް ދިނުމަށް ޑެސްކެއް ގާއިމް ކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އާސަންދައިގެ ހިދުމަތް އޮތޮޅުތެރެއިން ލިބިގެން ދިއުމަކީ ރައްޔިތުން ވަރަށް އެދެމުން ދިޔަ ކަމެއް ކަމަށާއި އެ ހިދުމަތް ތައާރަފްކުރުމާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ލިބިގެން ދާނެކަމަށެވެ.

މިއުވާން ވިދާޅުވީ މިއަދުން ފެށިގެން އާސަންދައިގެ ކަންކަން އައްޑޫ އާއި ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ޑެސްކުން ހަމަޖެހޭނެ ކަމަށާއި، މާލޭގައި ހުންނަ އާސަންދައިގެ މައި އޮފީހަށް ހުށައަޅައިގެން ދެން އިންތިޒާރު ކުރަން ނުޖެހޭނެ ކަމަށެވެ.

މިއުވާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއަށް އެ ހިދުމަތް ފުޅާކުރުން ކަމަށެވެ.

އެންމެ ފުރަތަމަ އާސަންދައިގެ ނިޒާމް ތައާރަފް ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ. އެ ފަހުން ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުސްނުވާ އާސަންދައިގެ ނަމުގައި އާސަންދަ ސްކީމަށް އިތުރު ބަދަލުތަކެއް ގެނައެވެ. އެއަށް ފަހު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެ ނިޒާމް އިތުރަށް ފުޅާކޮށް އަތޮޅު ތެރޭގައި ހިދުމަތް ދޭނެ ޑެސްކްތަކެއް މިވަނީ ގާއިމްކޮށްފައެވެ.

އާސަންދައިގެ ހިދުމަތް ހޯދުމުގައި ބައެއް ފަހަރު ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އެހިދުމަތުގެ ސަބަބުން ގިނަ ރައްޔިތުންގެ ސިއްހީ ހިދުމަތަށް ބޮޑެތި ފަސޭހަތަކެއް ލިބިފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: