ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ ހިންގާލަން އެމްޑީޕީން ރަށް ރަށަށް ޓީވީ ބަހަން ފަށައިފި

އެމްޑީޕީން ފަރެސްމާތޮޑާ ދާއިރާއަށް ޓީވީހަވާލުކުރާ މަންޒަރު ފެންނަ ފޮޓޯއެއް.
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ރަށް ރަށަށް ޓީވީ ބަހަން ފަށައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމުގައި ހުންނެވި އިބްރާހީމް ވަހީދު ފޭސްބޫކްގައި ހިއްސާކުރެއްވި ޕޯޓެއްގައި ވަނީ އެމްޑީޕީން ރަށް ރަށުގެ ޖަގަހަތަކަށް ދޫކުރާ ޓީވީތަކުގެ ތެރެއިން ކ ގުރައިދޫ ދާއިރާގެ 3 ރަށުގެ ޓީވީ އެ ރަށް ރަށަށް ފޮނުވުމަށް އެ ދާއިރާގެ ރައީސް ހަވާލުވެފައިވާކަމަށެވެ.

މީގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ ހަތަރު ރަށަކަށާއި، ޅ ނައިފަރު އަދި ކަނޑިތީމު ދާއިރާގެ ފަސްރަށެއްގެ އިތުރުން މީދޫ އަދި މަރަދޫ ފޭދޫއަށްވެސް ވަނީ އެމްޑީޕީގެ ފަރާތުން ބަހާ ޓީވީތައް ހަވާލުކޮށްފައެވެ.

ފަރެސްމާތޮޑާ ދާއިރާއާއިއެކު ޖުމްލަ 6 ދާއިރާއަކަށް ޓީވީ ބަހާފައިވާކަން އިބްރާހީމް ވަހީދުގެ ފޭސްބޫކު ޕޯސްޓްތަކުން ހާމަވެއެވެ.

ރަށް ރަށަށް އެމްޑީޕީން ބަހަމުން ދަނީ ޓީސީއެލް ބްރޭޑުގެ އެޗްޑީއާރު، 65 އިންޗީގެ ޓީވީއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މެއި 14 ވަނަ ދުވަހު ބޭއްވި އެތެރޭގެ އިންތިހާބުން ހޮވިވަޑައިގެން، އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލްގެ އެންމެ ބޮޑު ވައުދުފުޅަކީ ޕާޓީ ހިންގާލުމެވެ.

ފައްޔާޒް އަށް ޗެއަރޕާސަންގެ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ދައުލަތުން ޕާޓީ ހިންގުމަށް ދޭފައިސާގެ ތެރެއިން އެމްޑީޕީއަށް ލިބޭ ހިއްސާގެ 60 އިންސައްތަ ރަށްތަކުގައި ތިބި އެ ޕާޓީގެ ޖަގަހަތައް ހިންގަން ހަވާލުކުރުމަށް ނިންމަވައިފައިވާކަން އެއީ އޭރު ކެމްޕެއިންތަކުގައި އެންމެ ގަދަޔަށް “ހިންގާލަން” ކެމްޕެއިން ޓީމުގެ ފަރާތުން ދެއްކެވި ވާހަކައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހުޅުދުއްފާރު ދޯކާ ޖަގަހައަށް ފޮނުވާ ޓީޥީ ދަނީ ގެޔަކަށްތޯ ޖަގަހަޔަށްތޯ ބަލާލަން ވާނެ އިނގޭ.. ބައެއް އާލާތުން އެބަ ބުނޭ އެތަނަަށް ފޮނުވާ އެއްޗެހި ދާނީ ހަވަޔަށޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: