ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަން ހުއްޓުވަން މާލޭގެ ދެކުނު ފަރާތު ފަޅު ތެރޭ ސީސީޓީވީ ކެމެރާ ހަރުކޮށްފި

މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ދެކުނުފަރާތު ފަޅުތެރޭގައި އަޅާ އުޅަނދުފަހަރުން ވައްކަންކޮށް ގެއްލުންދޭ މައްސަލައަށް ހައްލެއް ގެނައުމަށް ސީސީޓީވީ ކެމެރާ އެ ސަރަހައްދުގައި ހަރުކޮށްފިއެވެ.

މި ކަމާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވީ މާލޭގެ ދެކުނުފަރާތު ފަޅުތެރޭގައި އަޅާ އުޅަނދުފަހަރުން ވައްކަންކޮށް ގެއްލުންދޭ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެެވެ.

އެހެންވެ އެކަމަށް ހައްލު ކުރުމަށްޓަކައި މޭރީބްރައުން ކުރިމަތިން ފެށިގެން ސްޓެލްކޯގެ ޕަމްޕް ސްޓޭޝަނާ ހަމައަށް މުޅިފަޅުތެރޭ 15 ސީސީޓީވީ ކެމެރާ ހަރުކޮށް 24 ގަޑިއިރު ބެލެހެއްޓޭނެ އިންތިޒާމު ކުރަން މާލޭސިޓީ ކައުންސިލުން އިއްޔެ ފަށާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މިކަމަކީ ކައުންސިލުން ފަށާފައިވާ މާލޭސިޓީ ސީސީޓީވީ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި ކަމަށެވެ.

މާލޭސިޓީ ސީސީޓީވީ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ވަނީ ކުރިން ނިންމައި އޮޕަރޭޝަނަށް ވަނީ ގެނެސްފައެވެ. އެއީ މާލެއާ ވިލިމާލޭގައި ހުރި ހުރިހާ މިސްކިތްތަކެއް 24 ގަޑިއިރު ސީސީޓީވީން ބެލުމުގެ މަސައްކަތެވެ.

މި ޕްރޮގްރާމްގެ ފޭސް ތިނެއްގެ ގެދަށުން މާލޭ އުތުރު ފަރާތު ފަޅުތެރެ ބެލެހެއްޓުމަށް ސީސީޓީވީ ނިޒާމް ގާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއްވައެވެ.

މިއީ މާލެ ޑިޖިޓަލްކުރުމުގެ މަޝްރޫއުގެ ދަށުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. ކެމެރާތައް މޮނީޓާ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނީ ސިޓީ ކައުންސިލުން އެކަމަށް ކަނޑައަޅާފައިވާ ހާއްސަބައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކަނޑައެޅިގެން ނުވާނެ ކަމެއް. ސީސީ ކެމެރާއިން މީހާ އެނގޭނީ. ދެންއޭނާ ހޯދައި ހައްޔަރުކޮށް ބަޔާންނަގައި ގޮޅިއަށް ލާން ފެންނަންޏާ ލާނީ. ނޫނީ ދޫކޮށްލާނީ. ދެން އަނެއްކާވެސް އޭނާ ގޮސް ވައްކަން ކުރާނީ. އެއީ ވައްކަން ކުރީމާ ޝަރުޢުގައި އޮންނަ އަދަބު ތަންފީޒުނުކޮށް އަމިއްލައަށް ހަދާ ގާނޫނު ގެނައިމާ ވާގޮތް. އަދި ވައްކަން ކުރާމީހުން ވާނީވެސްގިނަ. އަނގުނެއް މަދުވާނެކަން އެނގޭނަމަ ވައްކަންކުރަން ހިތަށްވެސް ނާރުވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: