ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ބައި އިލެކްޝަންތަކަށް ބޮޑު ޚަރަދެއް: އަވަސް އަވަހަށް އިންތިޚާބުތައްު ބާއްވަން ނުޖެހޭ ގޮތައް އިޞްލާހެއް!

އިންތިޚާބުގެ ކެންޑިޑޭޓުން، އޮފިޝަލުން އަދި ވޯޓު ލާންދާ މީހުްނގެ އުދޫލު ވަނީ އެކުލަވާލާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް ތަކުގެ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވާ ގޮނޑުއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވަންޖެހޭ ބައި އިލެކްޝަންތަކަަށް އިލެކްޝަން ކޮމިޝަނަށް(އީސީ) ބޮޑެތި ޚަރަދުތަކެއް ހިނގާތީ އަވަސް އަވަހަށް އިންތިޚާބު ބާއްވަން ނުޖެހޭ ގޮތަށް މަޖިލީހަށް އިޞްލާހެއް ހުށަހަޅާފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިިފާވަނީ، ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އަބްދުﷲ ޝަފީޤެެވެ.

މި އިޞްލާހުގައިވަނީ، ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތައް ބާއްވަން ވާނީ އަހަރަކު އެއް ފަހަރު އެވެ. އެގޮތުން ބާއްވާ ދެ ބައި-އިލެކްޝަންގެ ދެމެދުގައި ހޭދަވާ މުއްދަތު 300 ދުވަހަށް ވުރެ މަދު ވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން،  ކައުންސިލެއްގެ ގޮނޑިއެއް ހުސްވާއިރު، ކައުންސިލްގެ އުމުރުގައި ބާކީ އޮތީ އަހަރަކަށް ވުރެ މަދު ދުވަސްކޮޅެއްނަމަ ބައި-އިލެކްޝަނެއް ބޭއްވުން ލާޒިމެއް ނޫނެވެ.

އެހެންނަމަވެސް ގޮނޑިއެއް ހުސްވެ، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާ ނަމަ އެ ހުސްވި ގޮނޑިއަށް 60 ދުވަހުގެ ތެރޭގައި މެންބަރުން އިންތިހާބު ކުރަން ވާނެ ކަމަށް ބުނެފައިވެ އެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިސްތިއުފާދިނުން އިތުރުވެ ބައި އިލެކްޝަންތައް ބޭއްވުމުގެ ބޭނުންވެސް މިވަނީ ޖެހިފައެވެ. މިގޮތުން، މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި އިލެކްޝަން އަދި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 20 ބައި އިލެކްޝަން ވަނީ ބާއްވަންޖެހިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: