ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރްސީއިން ރާއްޖެ މާކެޓުކުރަން އުތުރު އެމެރިކާއަށް!

އެމްއެމްޕީއާރްސީއިން އުތުރު އެމެރިކާގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން: ފޮޓޯ/ އެމްއެމްޕީއާރްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރު އެމެރިކާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރްސީއިން ހާއްސަ ރޯޑްޝޯ ސިލްސިލާއެއް ފަށައިފިއެވެ.

“މޯލްޑިވްސް ރޯޑްޝޯ އިން ޔޫއެސްއޭ އެންޑް ކެނެޑާ” ގެ ނަމުގައި އެމްއެމްޕީއާރްސީއިން ކުރިއަށްގެންދާ މި ސިލްސިލާ މަސައްކަތުގެ ފުރަތަމަ ރޯޑްޝޯ ބާއްވާފައިވަނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖެލިސްގައެވެ.

އެމްއެމްޕީއާރްސީއިން ބުނެފައިވާގޮތުން މި ސިލްސިލާގެ ދެވަނަ ރޯޑްޝޯ އޮންނާނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކުގައެވެ. އަދި ފަހު ޝޯ އޮންނާނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ކެނެޑާގެ ޓޮރޮންޓޯގައިކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެމްއެމްޕީއާރްސީއިން މައުލޫމާތު ހިއްސާކޮށްފައިވާގޮތުން، އުތުރު އެމެރިކާގައި އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ އަމާޒަކީ، އެމެރިކާ އަދި ކެންޑާއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖެއަކީ އެ ދެގައުމަށްވެސް ފަތުރުވެރިކަމަށް އުޖާލާ މަންޒިލެއް ގޮތުގައި އިސްތިހާރުކޮށް، އެމެރިކާ އަދި ކެނަޑާގެ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަތުތައް އިތުރުކުރުމެވެ.

އެމްއެމްޕީއާރްސީއިން ކުރިއަށް ގެންދާ ސިލްސިލާ ރޯޑްޝޯތަކުގައި ޖުމުލަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 11 ކުންފުންޏެއް ބައިވެރިވެއެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ރިސޯޓުތަކާއި ޓުއާރ އޮޕަރޭޓަރުންވެސް ބައިވެރިވާއިރު، ރިސޯޓުތަކާއި ހޮޓެލް އަދި ގެސްޓްހައުސްތަކާއި ސަފާރީ ފަދަ ތަކެތި މާކެޓުކޮށް ރާއްޖެއިން ލިބޭ ތަފާތު ތަޖުރިބާތައް މާކެޓުކުރާނެކަމަށްވެސް އެމްއެމްޕީއާރްސީއިން ބުނެފައިވެއެވެ.

އެމްއެމްޕީއާރްސީއިން ކުރިއަށްގެންދާ ސިލްސިލާ ރޯޑްޝޯ ހަރަކާތްތައް ފެށިގެންދާނީ ރާއްޖެ އަދި އިންޑަސްޓްރީ ޕާޓްނަރުންގެ ތައާރަފަކުންނެވެ. އެއްފަހު ރާއްޖެއާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ރޯޑްޝޯގެ ބައިވެރިންނަށް ހުށައަޅާނެއެވެ. އަދި ދިވެހިރާއްޖޭގެ އިންޑަސްޓްރީ ޕާޓްނަރުންނާއި އުތުރު އެމެރިކާގެ ޓްރޭޑާއިއެކު ބައްދަލުވުންތަކެއްވެސް ކުރިއަށް ގެންދާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި އަހަރު ސެޕްޓެމްބަރ 7 ގެ ނިޔަލަށް އުތުރު އެމެރިކާއިން 52،168 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެމެރިކާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 6 ވަނަ އެންމެ ބޮޑު މާކެޓެއެވެ. އޮގަސްޓް 13 ވަނަ ދުވަހު ދިވެހިރާއްޖެއަށް މި އަހަރުގެ އެއް މިލިޔަންވަނަ ފަތުރުވެރިޔާ ވަނީ ޒިޔާރަތްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: