ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާފުގެ ވާހަކަދައްކަން އެމްޑީޕީން ލަދުގަންނަން ޖެހޭނެ: މޮސްޓާ

ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ).
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުގެއާއި އަދުލު އިންސާފުގެ ވާހަކަދައްކަން އެމްޑީޕީން ލަދުގަންނަން ޖެހޭނެކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝިދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އެ ކުށަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ގެ މައްޗަށް އަމިއްލަ އިއުތިރާފުން ސާބިތުވުމާއި އެކު ތިން މަހަށް ގޭ ބަންދުކުރުމަށް ކޯޓުން ހުކުމް ކުރުމާއި އެކު އެކަމަށް ފާޑު ވިދާޅުވަމުން ޓުވީޓުކުރައްވާ މެންބަރު ނަޝީދު ވިދާޅުވީ، އެ މައްސަލާގައި އެގޮތައް ހުކުމް ކުރެއްވީ ރައީސް ނަޝީދުގެ ކޮއްކޯފުޅަށް ވުމުން އެކަމާ ބިރުންތޯ މައްސަލަ ނިންމެވި ފަނޑިޔާރާއި ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން އެމްޑީޕީން އަދުލު އިންސާފުގެ ވާޙަކަ ދައްކަން ލަދުގަންނަންޖެހޭކަމަށާއި މި ޤައުމުގައި މި ފެންނަކީ ސަދޫމްގެ އިންސާފްކަމަށްވެސް އޭނާވަނީ ސިފަކުރައްވާފައެވެ.

އެއް ޖިންސުން ގުޅުން ހިންގާ މަަންޒަރު ވީޑިއޯއެއް ލީކުވީ މައްސަލައިގައި ހައްޔަރު ކުރި، ވަކީލް ނާޒިމް ސައްތާރުގެ މައްޗަށް ކުށް ސާބިތުވެ އޭނާ 03 މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އިއްޔެގެ ވަގުތެއްގައެވެ.

މައްސަލައިގައި ނާޒިމްގެ މަށްޗަށް ކުޑަ ހުކުމެއް އައީ އޭނާ ކުށަށް އިއުތިރާފުވެފައި ވާތީ އެވެ. އަދި ގޭބަންދު ކުރުމަށް ހުކުމް ކުރީ ތިން މަހަށް ނަމަވެސް ބަންދުގައި ހޭދަ ކުރި މުއްދަތު އުނި ކުރުމުން އެއީ ދެ މަހާއި ބާރަ ދުވަހެވެ.

ކޯޓުން ކުރި މި ހުކުމާއި ގުޅިގެން އެތައްބައެއްގެ ފާޑު ކިޔުން ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: