ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރުންނަށް ލިބޭ މުސާރައިގެ ވާހަކަ ދައްކާތީ މޮސްޓާގެ ކަންބޮޑުވުން!

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މޮސްޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އައްޔަން ކޮށްފައިވާ މިނިސްޓަރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިންގ ޑައިރެޓްރުގެ މަގާމުގައި ތިއްބަވާ ފަރާތްތަކަށް ލިބޭ މުސާރައިގެ ވާހަކަ ނުދައްކާ ހަމައެކަނި މަޖިލިސް މެމްބަރުންނަށް ލިބޭ މުސާރައިގެ ވާހަކަ ދައްކާތީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ( މޮސްޓާ) ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

ސަންގުޓީވީގެ ” ހަބަރަށް ފަހު” ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މެމްބަރުންނަށް ލިބޭ މުސާރައަކީ އެންމެ އެކަށޭނެ ވަރުގެ އަދަދެއް ނޫން ކަމަށާއި، ދައުލަތުގެ ފައިސާއިން ބޮޑު މުސާރަ ދެވެންޖެހޭނީ ވަކިބަޔަކަށް ނޫން ކަމަށެވެ. އެހެންކަމުން މާދަމާ މަޖިލިސް ދޫކޮށްފައި ދާންޖެހުނަސް މަޖިލިސް މެމްބަރުންނަށް ލިބޭ މުސާރައިގެ ކަންކަމުގައި ވަކާލާތު ކުރުމުގައި ދެމި ހުންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މަޖިލިސް މެމްބަރުންނަށް ލިބޭ މުސާރައަކީ ކުޑައަދަދެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، ކޮންމެ މެމްބަރަކަށް މުސާރައިގެ ގޮތުގައި މިހާރުވެސް 62000 ރުފިޔާ ލިބެެއެވެ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 20000 ރުފިޔާއާ އެކު ޖުމްލަ 82000 ރުފިޔާ ކޮންމެ މެމްބަރަކަށް މަހަކު ލިބިވަޑައިގަންނަވަ އެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން އައްޔަންކޮށްފައިވާ މިނިސްޓަރުންނަށް ކާރާއި އެހެނިހެން އެއްޗެއްސާއި ހިދުމްތަތައް ދޭއިރު، އެހިދުމަތްތައް މަޖިލިސް މެމްބަރުންނަށް ދެއްވާފައި ނުވާ ކަމަށެވެ. މިނިސްޓަރުން ބޭނުންފުޅުވާ ތަނަކުން ކާރު ޕާކު ކުރުމަށް ޒޯން ބޭނުން ކުރެވޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް މަޖިލިސް މެމްބަރުން ސައިކަލު ޕާކުރަން ޖެހެނީވެސް ގޭ ދޮރުމަތީގައި ކަމަށާއި، ގެ ވަށާ، ހަ ބުރު ސައިކަލް ދުއްވުމަށްފަހުގައި ނޫނީ ޖާގަ އެއް ނުލިބޭ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ފާހަގަކުރައްވަނީ މިނިސްޓަރުންނެކޭ އެއްގޮތަށް މަޖިލިސް މެމްބަރުންނާއި ދޭތެރޭގައި ވެސް ކަންތައް ކުރައްވަން ޖެހޭނެ ކަމަށާއި، މިހާރު އަމަލު ކުރައްވަނީ އެންމެ އިންސާފުވެރި ގޮތަކަށް ނޫން ކަމަށެވެ.

“އަަޅުގަނޑުގެ އަރިކަށީގައި ތަންކޮޅެއް ހަލާކުވެފައި ހުންނާނެ ސައިކަލް ޒޯނަށް ޖަހަން ހަދައިގެން. އެކަމަކު އިއްޒަތްރެރި މެމްބަރުން. އިއްޒަތްރި މެމްބަރުން. އަޅުގަނޑުމެންނަށް އެއްޗެއް ލިބުނީމަ ވަރަށް ބޮޑު ކަމެއް. މިނިސްޓަރުންގެ ވާހަކަ ދައްކާށޭ. ކުންފުނިތަކުގެ އެމްޑީންގެ ވާހަކަވެސް ދައްކާށޭ. ” ނަޝީދު ވިދާޅުވިއެވެ.

ކުންފުނިތަކުގެ އެމްޑީންގެ ގޮތުގައި ތިއްބެވި ސަރުކާރަށް ނިސްބަތްވާ ފަރާތްތައް އެމީހުން ތިބި ލެވެލް ބަދަލުކޮށްލީ ލިބުނު ފައިސާގެ އަދަދުން ކަމަށާއި، ވެލި ފަރުބަދައާއި، އުހުދުފަރުބަދަހާ ތަނަވަސް އެމްޑީން ވެސް މި ސަރުކާރުގައި އެބަތިއްބެވި ކަމަށް ނަޝީދު ވިދާޅުވިއެވެ. މި ވާހަކަތައް ދައްކާނެ މީހަކު ނެތް ކަމަށާއި، ހަމައެކަނި ދައްކަނީ މެމްބަރުންގެ ލިބޭ މުސާރައިގެ ވާހަކަ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 26%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 2%ވަރަށް ދެރަ 65%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: