ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީ ކުރިއަށް ނުގެން ގޮސް މެމްބަރުންނަށް ލިބެންޖެހޭ 20،000 ރުފިޔާގެ އިނާޔަތް ނުލިބޭ: މޮސްޓާ

ނޮޅިވަަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު(މޮސްޓާ).
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ނުގޮސް މަޖިލިސް ހުއްޓިފައި އޮތުމުން ކޮމިޓީ އެލަވަންސްގެ ގޮތުގައި މެންބަރުންނަށް ލިބޭ 20،000 ރުފިޔާގެ އިނާޔަތް ނުލިބޭ ކަމަށާއި އެގޮތަށް އެކަން ނުކުރުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 2 ވަނަ ޖަލްސާގައި އެޖެންޑާ ކޮށްފައިއޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތުގެ ބަހުސް ކުރިއަށް ގެންދިއުމެވެ. އަދި މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްއެވެ.

މިއަދުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވީ 19 ވަނަ މަޖިލިސް ވަރަށް ތަފާތު ކަމަށާއި، މިއިން ޒަމާނަކު ތަފާތު ނުވާވަރަށް މި މަޖިލިސް ތަފާތު ވެފައިވާ ކަމަށެވެ. މިއަދު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔަނުދީ ކުރާ ކަމަކީ މާ ހުތުރު ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

މެންބަރު ނަޝީދު ވިދާޅުވީ ކޮމިޓީތައް ހުއްޓިފައި ވަނީ އެމްޑީޕީގެ އެތެރޭގެ މައްސަލައެއްގައި ކަމަށާއި އެކަމާ ގުޅިގެން ކޮމިޓީ އެލަވަންސްގެ ގޮތުގައި މެންބަރުންނަށް ލިބޭ 20،000 ރުފިޔާގެ އިނާޔަތް ނުލިބޭ ކަމަށެވެ.

” އިބްރާހިމް މުހައްމަދު ސޯލިހުއާ ކެނެރީގޭ ނަޝީދުއާ ދެމީހެއްގެ ތަޅާފޮޅުމެއްގައި އަޅުގަނޑުމެންގެ 20،000 ރުފިޔާގެ އިނާޔަތް ކަނޑާނުލާ އަޅުގަނޑުމެންނަށް.” މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވިއެވެ.

މެމްބަރު ނަޝީދު ވަނީ މެންބަރުންނަށް މަޖިލީހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލައްވާފައެވެ. މަޖިލީހުގައި އަމަލުކުރަނީ އެމްޑީޕީގެ އަސާސީ ގަވައިދަށް ނޫން ކަމަށާއި އަމަލުކުރަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ކަމަށް މެންބަރު ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރައީސްއެއް ނައިބު ރައީސްއެއް ނެތް ކަމަށާއި އެކަން ކުރުން ރަނގަޅުވާނެ ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ މައްސަލައެއްގައި މަޖިލީހުގެ މެންބަރުންގެ ހައްޤުތަކަށް އަރައިގަނެގެން ތިބިކަމަށް މެންބަރު ނަޝީދު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: