ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުކަމަށް އައީ ޑްރީމެއް ހާސިލް ކުރުމަށް، އެކަން ފުރިހަމަ ކުރެވިއްޖެ: މޮސްޓާ

ނޮޅިވަަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު(މޮސްޓާ).
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިހަށް ހޮވިވަޑައިގަތީ ޑްރީމެއް ހާސިލް ކުރަން ކަމަށާއި، މިހާރު އެކަން ކުރެވިއްޖެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ( މޮސްޓާ) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން މޮސްޓާ ވިދާޅުވ،ީ ފުރަތަމަ މެމްބަރު ކަމަށް އައީ ޑްރީމްއެއްް ހާސިލް ކުރަން ކަމަށާއި، މިހާރު އެކަން ހާސިލް ވެއްޖެ ކަމަށެވެ. އަދި ޑްރީމަށްފަހު ވިސްނީ ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރު ކޮށްދެއްވުން ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ، އެބޭފުޅާއަކީ ސަރުކާރުގެ މެމްބަރެއް ކަމުގައި ނުވާތީއާއި، މިނިވަން މެމްބަރެއްގެ ގޮތުގައި ދާއިރާ ތަމްސީލް ކުރައްވާ މެމްބަރަކަށްވާތީ، ތަރައްގީގެ ކަންކަމުގައި ބޮޑެތި ގޮންޖުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން ބަޖެޓްގައި ޖަހައިދީފައި އޮތް ސުކޫލުވެސް ނުނިންމި އޮތީ ސަރުކާރަށް ތާއިދު ކުރާ މެމްބަރަކަށް އެބޭފުޅާ ނުވާތީ ކަމަށެވެ.

ނަމަވެސް މެމްބަރު ނަޝީދު ވިދާޅުވީ މިފަހަރު 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އަލުން ވާދަކުރެއްވަން ވިސްނަވާފައިވާ ކަމަށާއި، އެއީ ދާއިރާ އަށް ފައިދާހުރި މަސައްކަތްތަކެއް ކުރެވޭނީ ސަރުކާރުގެ ތެރެއިން ހޮވިގެން ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ. އަބަދުވެސް އެބޭފުޅާގެ ވިސްނުން ހުރީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ކަމަށާއި، ޑީއާރުޕީން ފެށިގެންވެސް މަސައްކަތްކޮށް ޕީޕީއެމް އެންމެ ފުރަތަމަ ވުޖޫދުވުމާއި ހަމައިންވެސް އެޕާޓީގައި ސޮއިކޮށް މަސައްކަތްތަކެއް ކުރެއްވި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވެގެން ޕީއެންސީ އުފައްދަވަންވެގެން ޕީއެންސީއަށް ސޮއިކުރި މީހުންގެ ތެރޭގައިވެސް ހިމެނިގެން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

“އަޅުގަނޑުގެ ފިކުރަކީ ޕީޕީއެމްގެ ފިކުރު. ރައީސް ޔާމީންގެ ފިކުރު. ރައީސް ޔާމީންގެ ފިކުރާ އެއްގޮތަށް މަސައްކަތް ކޮށްފަ މިއަދު ރައީސް ޔާމީން އެންޑޯޒް ކުރެއްވި ކެންޑިޑޭޑް އާއި އެކު ދާއިރާ އަށް ނުކުރެވި ހުރި މަސައްކަތް ކޮށްދޭން.” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޑރ. މުއިއްޒު ނޮޅިވަރަމް ދާއިރާ އަށް ވައުދުވެ ވަޑައިގެންނެވި ކަންތައްތައް ފުރިހަމަ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން އޭޓީއެމް އާއި، ބެންކެއް އެދާއިރާގައި ގާއިމް ކޮށްދޭނެ ކަމަށް ޑރ. މުއިއްޒު ވެ ވަޑައިގެންނެވި ވައުދު ފުއްދުމުގައި އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ އެބޭފުޅާގެ މެމްބަރު ކަމުގައި ހުރެގެން ކަމަށެވެ.

މީގެ އިތުރުން އެދާއިރާގެ ދެ ރަށަށްވެސް ތަރައްގީ ގެނައުމުގައި ދެމި ހުންނާނެކަމަށާއި، ފުޓްބޯޅަ ދަޑުވެސް ތަރައްގީ ކުރެވޭނީ އެބޭފުޅާ މެމްބަރު ކަމުގައި ހުރެވިގެން ކަމަށެވެ. ނަޝީދު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖުލީހަށް ޕީޕީއެމް ޓީކެޓްގައި ވާދަކޮށް ހޮވިވަޑައިގަތުމުގެ މަަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި، އަދި ދާއިރާގެ ރައްޔިތުން އެބޭފުޅާ މެމްބަރުކަމަށް ހޮއްވަވައި ދެއްވައިފިނަމަ ހދ. އަކީ އެ އަތޮޅުގެ އެންމެބޮޑަށް ތައްރައްގީ ލިބިގެންދާނެ ދާއިރާ އެއްކަމުގައި ހައްދަވާނެ ކަމަށެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 2%ވަރަށް ގަޔާވޭ 26%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 64%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: