ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ޝަރީއަތް ކުރިއަށް ގެންދަން ނިންމައި، ދިފާއީ ހެކި ހުށައަޅަން 10 ދުވަސް!

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދޮގު ބަޔާނެއް ދިންކަމުގެ  ކުށުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ދައުލަތުން އުފުލާފައިވާ ދައުވާއިން ދިފާއުވުމަށް ހެކި ހުށައަޅަން 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ނޫމަޑި މައްސަލައިގައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، 2019 ޖޫން 25 ގައި ނޫމަޑި ކުންފުނިން ދިވެހި ސަރުކާރާއި ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި ހެކިވެރިއަކަށްވެ، ޑރ. މުއިއްޒު ދޮގު ހެކިބަސް ދެއްވާފައިވާ ކަމަށެވެ. އަދި ހައުސިން ޔުނިޓް މަޝްރޫއުއާއި ގުޅިގެން ނޫމަޑިއާއި އެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި، 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވި ކަމަށެވެ.

ޑރ.މުއިއްޒުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ވަނީ އެ ދައުވާގެ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ޑރ.މުއިއްޒު ހުށައެޅި ކަންކަމަކީ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ސަބަބުތަކެއް ނޫން ކަމަށް ކަނޑައަޅުއްވާފައެވެ.

ޝަރީއަތުގެ ކުރިން މުއިއްޒު ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ކުށްކުރިތަން ދައުވާގެ ސީޢާގައި ބަޔާންކޮށްފައި ނެތުމުން ދައުވާ ބާތިލްވާނެކަމާއި ދައުލަތުން މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށައަޅާފައިވާ ބައެއް ހެކި ބަލައިނުގަނެވޭނެކަން ކޯޓުން ވަނީ ދައުލަތަށް އަންގާފައެވެ.

މުއިއްޒުގެ މައްޗަށް ދައުވާ ކުރަނީ ހައުސިން މިނިސްޓަރުކަމުގައި ޑރ މުއިއްޒު ހުންނެވިއިރު ނޫމަޑިކުންފުންޏާއެކު ސަރުކާރުން ހެދި އެއްބަސްވުން މި ސަރުކާރުން ބާތިލްކުރި މައްސަލައިގައި ނެދަލޭންޑްގެ އާބިޓްރޭޝަނުގައި ނޫމަޑިއާ އެއްކޮޅަށް ދޮގު ބަޔާނެއް ދެއްވި ކަމަށްބުނެއެވެ.

ޝަރީއަތް ކުރިއަށް ގެންދަން މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ނިންމެވުމުން ދައުލަތުން ވަނީ މުއިއްޒު މައްޗަށް ދައުވާ ސާބިތުކުރަން ހެކިހުށައެޅާފައެވެ. އެގޮތުން ތިން މީހެއްގެ ހެކިބަސް ނެގުމަށް ދައުލަތުން ވަނީ އެދިފައެވެ.  އަދި މުއިއްޒު އާބިޓްރޭޝަނަށް ދިންކަމަށް ބުނާ ބަޔާނާއި އެ މައްސަލައިގައި މިނިސްޓަރުކަމުގައި ހުންވައިގެން މުއިއްޒު ފޮނުއްވާފައިވާ ބައެއް ލިޔުންތައް ވެސް ހެކީގެ ގޮތުގައި ހުށައަޅާފައިވެއެވެ.

ދިކޮޅު ޕީޕީއެމްގެ ނައިބު ރައީސެއްގެ ވެސް މަގާމު އަދާކުރައްވާ މުއިއްޒުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ 2019 ޖޫން، 25 ގައެވެ.

މި މައްސަލައާއި ގުޅިގެން އެކި ފަހަރު މަތީން ޑރ. މުއިއްޒުގެ ބަޔާން ނެގުމަށް ފުލުސް އޮފީހަށް ހާޒިރު ކުރި އެވެ. އޭގެ އިތުރުން މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް އޭނާ ހާޒިރުކޮށް ސުވާލުކުރުމުން ވެސް ދިނީ ގޮދު މައުލޫމާތުކަމަށް ބުނެ އެ މައްސަލަ މަޖިލީހުން އޮތީ ފުލުހަށް ހުށަހަޅާފަ އެވެ.

ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމާ ގުޅިގެން ސެޓުލްމެންޓް ކޮމިޓީން އެ މައްސަލަ ފުލުހަށް ފޮނުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެކަން ހާމަކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ. އަމީރު ވިދާޅުވީ ނޫމަޑި މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި ޑރ. މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުން ކަމަށެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުންތައް އުވައިލުމުގެ ސަބަބުން ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލަަތަކުގައި އިހުމާލުގެ އަތެއް ވާ މީހުންގެ މައްސަލަތައް ބަލާނެކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ނޫމަޑީގެ މައްސަލައިގައި ސަރުކާރުން ބުނެފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އާއި ދިވެހި ސަރުކާރާއި ދެމެދުގައި ވެފައިވާ އެއްބަސްވުންތަކެއް ގާނޫނާ ހިލާފަށް ރައީސް ޔާމިން ސަރުކާރުން އުވާލުމުން ދޭންޖެހުނު ބަދަލު ނުދިން ނަމަ ދައުލަތައް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: