ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ ސްޓޭޕަލް ވެއާހައުސްގައި ސޯލާ ޕީވީ ސިސްޓަމް ޤާއިމްކޮށްފި

އެސްޓީއޯ ސްޓޭޕަލް ވެއާހައުސްގައި ސޯލާ ޕީވީ ސިސްޓަމް ގާއިމް ކުރަނީ / ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ ސްޓޭޕަލް ވެއަރހައުސްގައި ސޯލާ ޕީވީ ސިސްޓަމް ޤާއިމްކޮށްފިއެވެ.

މިއީ އެސްޓީއޯގެ ފަރާތުން އޯޒޯން ދުވަހާއި ގުޅިގެން 17 ޖުލައި 2022 ފެށި މަޝްރޫއެކެވެ.

މިއީ އެ ކުންފުނީގެ ގްރީން އިނީޝިއޭޓިވްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރިނިވްބަލް އެނާޖީ އިން ކަރަންޓް އުފެއްދުމަށް ހިންގުނު ޕައިލޮޓް ޕްރޮޖެކްޓެކެވެ.

މާލެ ކަޅުތުއްކަލާކޮއްޓާ އިންވެގެން ހުންނަ އެސްޓީއޯގެ ކާޑު ގުދަނުގައި އިންސްޓޯލް ކޮށްފައިވާ ސޯލާ ފެނަލްތަކުން މި ގުދަނަށް ބޭނުންވާ ކަރަންޓުގެ އިތުރުން މިތަނުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން އެސްޓީއޯގެ މެޑިކަލް ގުދަނުގެ ކަރަންޓުގެ ބޮޑުބައެއްވެސް ސޯލާ އެނާޖީއިން ބޭނުންކުރެވިގެންދާނެކަމަށް އެސްޓީއޯއިން މައުލޫމާތުދެއްވައެވެ.

އެސްޓީއޯއިން މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ރިނިއުވަބަލް އެނަރޖީ މޯލްޑިވްސް އާއި ހަވާލުކޮށްގެންނެވެ. ރިނިއުވަބަލް އެނަރޖީ މޯލްޑިވްސް އިން ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ކުންފުނީގެ އެކި އެކި އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓް އުފެއްދުމަށް ރިނިވްބަލް އެނަރޖީގެ އިތުރު ޕްރޮޖެކްޓްތައް ކުރިއަށް ވަނީ ރޭވިފައިވާކަމަށް އެސްޓީއޯއިން މައުލޫމާތުދެއްވާފައިވާއިރު، ކުންފުނިން ބުނެފައިވަނީ މީގެ އިތުރުންވެސް ގްރީން އިނީޝިއޭޓިވް ދަށުން އެތައް ޕްރޮޖެކްޓްތަކެއް ހިންގުމަށް މި ކުންފުނިން އަންނަނީ ތައްޔާރުވަމުން އަންނަކަމަށެވެ.

އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ކާބަން އެމިޝަން މަދުކުރުމަށް ކުރެވޭނެ ކަންކަން ބަލައި އެގޮތުގެ މަތިން ކުންފުނީގެ މަސައްކަތްތައް ބަދަލުކުރުންކަމަށް ކުންފުނިން ބުނެއެވެ. އެގޮތުން އެސްޓީއޯގެ ކާޑު ގުދަނަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމުގެ ގޮތުން ގުދަނުގައި ބޭނުން ކުރެވެމުންދަނީ ތިމާވެއްޓާ ރައްޓެހި ބެޓްރީ ފޯކްލިފްޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: