ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖީއެސްޓީ ބޮޑުކުރުމަށްވުރެ، ދައުލަތުގެ ބޭކާރު ޚަރަދު ހުއްޓާލުން މާ ރަނގަޅުވާނެ: އަލީ ހުސެއިން

ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ހާލަތަށް ބަލާއިރު، މިވަގުތަކީ ޖީއެސްޓީ ބޮޑުކުރަންވީ ވަގުތު ނޫންކަމަށާއި، ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް ކުޑަކުރުމް މާ ރަނގަޅުވާނެކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، އިންފްލޭޝަނަށް އޭގެ އަސަރުކޮށްފައި ވާތީ ސަރުކާރުން ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހިދުމަތުގެ އަގުން ނެގޭ ޖީއެސްޓީ އާއި، ޓީޖީއެސްޓީ ބޮޑު ކުރުމަށް ނިންމައި ބިލު މަޖިލީހަށް ހުށަހަޅާފަ އެވެ.

ޓެކްސް ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުން، އަނބުރާ ގެންދިއުމަށް ބައެއް ރައްޔިތުން ގޮވާލާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީގެ ރައްކަތަކަށް ކުރައްވާ ދަތުރުފުޅުގައި ދާއިރާތަކުގެ އާއްމުން ވަނީ ބިލާއި ދެކޮޅަށް މަޖިލީހުގައި ވަކާލާތުކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް މަޖިލީހުގެ ރައީސަކީ ބިލަށް ހިޔާލު ހުށަހަޅައި، ބަހުސް މަރުހަލާގައި ވާހަކަ ދެއްކޭނެ ބޭފުޅެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ނިންމުމާއި އެއްކޮޅަށް ވާހަކަ ދައްކަވައި، ރައީސް ނަޝީދު ޓެކްސް ބޮޑު ކުރުމަށް މަޖުބޫރުވި ސަބަބެއްކަމަށް ދެއްކެވީ ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުވެފައި ވުމާއި އަންނަ އަހަރު ބައެއް ލޯނުތައް އަނބުރާ ދައްކަން ފަށާއިރު ދައުލަތުގެ އެތެރޭގައި އެއްވެސް ފައިސާއެއް ނެތުމެވެ. ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.

ދައުލަތުގެ ހަރަދުތައް ބޮޑުކަން ފާހަގަކޮށް، އަލީ ހުސެއިން މިއަދު ވިދާޅުވީ އެއީ ސަރުކާރުގެ ބޭކާރު ހަރަދުތައް ކަމަށެވެ. އެހެން ކަމުން ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި، ދައުލަތުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާލުން މާ ރަނގަޅުކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ދައުލަތުން ހަރަދުތަކުގެ ނަމުގައިސް އިސްރާފުތަކެއް ކުރާ ކަމަށެވެ. ދައުލަތުގެ އިސްރާފުތަކެއްގެ ގޮތުގައި އަލީ ހުސެއިން އިޝާރާތް ކުރެއްވީ ދައުލަތުން އެކި މީހުންނަށް ދޭ އިނާޔަތްތަކެވެ.

 

ދައުލަތުން ފޯރުކޮށްދޭ އެކި އިނާޔަތްތަކުގެ ތެރޭގައި މަޖިލީހުގެ މެމްބަރުންގެ އެކި ހަރަދުތަކާއި، ވީއައިޕީ ހިދުމަތް، ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި އޮފީސް ހަރަދުތައް އަދި މަޖިލީހުގެ މެމްބަރުކަން ކުރައްވަފައިވާ ބޭފުޅުންނަށް ދޭ އިނާޔަތްތައް ހިމެނެ އެވެ.

ދިވެހިރާއްޖޭގައި ޚިދުމަތާއި މުދަލުން ނަގާ ޓެކުސް ބޮޑުކުރުމަށް ޓެކުސްއާ ބެހޭ ޤާނޫނަށް ގެންނަ އިސްލާހު މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އަދި އެ ބިލްގެ ބަހުސްތައްވެސް މިހާރު ދަނީ ކުރިއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: