ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއްގެ އަހްލާގް އެންމެ ބޮޑަށް ފެނިގެންދާނީ އެބަޔަކު ދިރިއުޅޭ ވެށީގެ ސާފުތާހިރުކަމުން: ފައިސަލް

ނައިބު ރައީސް ފައިސަލް ނަސީމް / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއްގެ އަހުލާގު އެންމެބޮޑަށް ފެނިގެންދާނީ އެބަޔަކު ދިރިއުޅޭ ވެއްޓާއި މާހައުލުގެ ސާފުކަމުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ހުޅުމާލޭގައި ވޯލްޑް ކްލީން އަޕް ޑޭ ފާހަގަކުރުމަށް އެޗްޑީސީ އިން ބޭއްވި ހަރަކާތް ފައްޓަވައި ދެއްވަމުން ފައިސަލް ވިދާޅުވީ ވެށި ސާފުކޮށް ބޭއްވުމުގެ މަސައްކަތަކީ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. ހާއްސަކޮށް ރާއްޖެފަދަ ގައުމެއްގެ ވެއްޓަކީ ވަރަށް ނާޒުކު ތަނެއްކަމަށާއި އަންނަން އޮތް ޖީލުތަކަށް ވާސިލްވުމަށް ވެށި ސާފުކޮށްބާއްވަންޖެހޭ ކަމަށެވެ.

” ވަށައިގެންވާ ވެށި ތީތި ނަމަ އޭގެއިން ފެންނަނީ، މުޖުތަމައުގެ މީހުންގެ ރީތި ދިރިއުޅުން. ބޭރު ގައުމުތަކަށް ބަލާއިރު ވަރަށް ރީތިކޮށް ޕާކުތަކާއި މައިޒާންތަކާއި މަގުތައް ބަލަހައްޓާ ގައުމު ތައް އެބަހުރި. އޭގެން އެ ފެނިގެންދަނީ އެމީހުންގެ ދިރިއުޅުމުގެެ ސާދާ ކަމާއި، ތަހުޒީބުކަން. އަޅުގަނޑުމެންގެ ދަރިންވެސް ތަރުބިއްޔަތު ކުރަންވީ މި ވިސްނުމުގައި.” ނައިބުރައީސް

މަގުމަތިން ނަގާ ކޮންމެ ކުނިކޮޅަކީ ކޮންމެވެސް މީހެއްގެ އިހުމާލުކަމަށް ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ އެކަމުގެ ހަޑި ލިބޭނީ އެންމެނަށް ކަމަށެވެ.

ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލަކަން ފާހަގަކޮށް ފައިސަލް ވިދާޅުވީ އެކަމާއި މެދު ކޮންމެ ދިވެއްސަކުވެސް ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމަށެވެ.

އެޗްޑީސީގެ ފަރާތުން ހުޅުމާލެ ސާފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކި މުވައްސަސާ ތަކާއި ސްކޫލް ތަކުގެ ދަރިވަރުންނާއި އެކު 1600 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

ހުޅުމާލޭގައި މިއަދު ކުރިއަށްދިޔަ ކްލީން އަޕް ހަރަކާތް ފަށާފައިވަނީ ފޭސް 1 އާއި ފޭސް 2 ގުޅޭ ސަރަހައްދުންނެވެ.

މީގެ އިތުރުން މި ހަރަކާތުގައި ހުޅުމާލޭގެ ޕާކްތަކާއި ގޮނޑުދޮށްތަކާއި މަގުތައްވެސް ވަނީ ސާފުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: