ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝުޖާއު އެމްއާރުއެމްއަށް: މެމްބަރުން ވަކި ވަނީ ތާއީދު ނެތީތީ، ޕީޕީއެމްގެ ދަފްތަރު ވެސް ވަގަށް ނެގި!

ޕީޕީއެމްގެ ޖަލްސާއެއްގައި ޝުޖާއު ވާހަކަ ދައްކަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްއާއި އަލަށް ގުޅޭ މެމްބަރުންނަށް އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ނުލެވޭނެކަމަށް ޕީއިންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ އެތެރޭގެ އިންތިހަބާއި ދިމާކޮށް ބައެއް މެމްބަރުން ޕާޓީން ވަކިވަމުން ދާކަން ފާހަގަކޮށް އެމްއާރުއެމްއިން ރޭގެ ވަގުތެއްގައި ބަޔާނެއް އާއްމު ކުރި އެވެ. އެ ބަޔާނުގައި ވަނީ އެހެން ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވުމަށް، އެ ޕާޓީގެ ބައެއް މެމްބަރުން ޕާޓީން ވަކިވަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެއީ ވަގުތީ ގޮތުން ވަކިވާ ވަކިވުމެއް ނަމަވެސް، މެމްބަރުންގެ ފަރާތުން އެފަދަ ކަމެއް ފެނުމަކީ ކަންބޮޑުވުމެއްކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ހިމެނޭ ވާހަކަތަކަށް ރައްދު ދީ، ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާ ފޯމުތަކާއި އެކު، ކެނޑިޑޭޓުން ވަކި އަދަދަކަށް މެމްބާޝިޕް ފޯމުތައް ވެސް ހުށަހަޅަން ޖެހޭ ކަމަށެވެ. ނަމަވެސް އެގޮތަށް ހުށަހަޅާ އެއްވެސް އައު ފޯމެއްގައި ނަން ހިމެނޭ މީހަކަށް އިންތިހާބުގައި ވޯޓު ނުލެވޭނެކަން ޝުޖާއު ފާހަގަ ކުރެއްވި އެވެ. އަދި އެ މެމްބަރެއް އެއީ އެހެން ޕާޓީއެއްގެ ރެޖިސްޓްރޭޝަނުގައި އޮތް މީހެއް ނަމަ ޕީޕީއެމްގެ އިންތިހާބު ގަވައިދުގައި ބުނާ ގޮތުން އެމީހެއްގެ ފޯމުތައް ބަލައި ނުގަންނާނެ އެވެ.

އެމްއާރުއެމްއަކީ ޕީޕީއެމްގެ އަސާސީ ގަވައިދާއި ހިލާފުވުމުން، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދަރިކަލުން ފާރިސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ. އަދި އެ ޕާޓީ އުފެއްދިތާ 03 އަހަރު ވީއިރު ވެސް 3000 މެމްބަރުން ހަމަ ނުވެގެން އުވާލާނެކަމަށް އިއުލާނު ކުރި ޕާޓީތަކުގެ ތެރޭގައި އެމްއާރުއެމް ހިމެނުނެވެ. ނަމަވެސް އެ ޕާޓީތަކަށް ދިން މުއްދަތުގެ ތެރޭގައި، ފޯމުތައް ހަމަކޮށް ހުށަހެޅި ޕާޓީތަކުގެ ތެރޭގައި އެމްއާރުއެމް ހިމެނޭތީ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ދައްކާ ގޮތުން އެމްއާރުއެމްގެ މެމްބަރުންގެ އަދަދު 4000 އަށް ވެސް ނާރަ އެވެ. އެކަމަށް އިޝާރާތްކޮށް ޝުޖާއު ވިދާޅުވީ އެހާ މިންވަރަށް ވެސް މެމްބަރުން ހަމަކުރީ އިދިކޮޅުގެ ދަފްތަރުގެ މެމްބަރުންގެ ނަމުގައި ވަގު ފޯމުތައް ހުށަހަޅައިގެން ކަމަށެވެ. ޕާޓީން މެމްބަރުން ވަކިވަނީ ޕީޕީއެމްގެ އިންތިހާބުގައި ވާދަކުރުމަށް ނުވަތަ ވޯޓުލާންކަމަށް ބަޔާނެއް އާއްމު ކުރި ނަމަވެސް ހަގީގަތަކީ، އެ ޕާޓީއަށް އެއްވެސް ތާއީދެއް ނެތީކަންކަމުގައި އޭނާ ވިދާޅުވި އެވެ.

 

ޝުޖާއު ވަނީ ޕީޕީއެމްގެ ދަފްތަރަކީ، ކުދި ޕާޓީތައް ދެމިއޮތުމަށް ވަގު ފޯމު ހުށަހަޅަން އޮތް މަގެއްތޯ ވެސް ސުވާލު ކުރައްވާފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: