ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެ ފުލުސް އޮފިސަރު މައާފަށް އެދިއްޖެ، އަދަބު ލުއިވާނެ!

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީ ފިރިހެނަކާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދައުވާ އުފުލާފައިވާ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ އަބްދުއްރަހްމާން ރަފީއު އިއުތިރާފްވެ ރައްޔިތުންގެ ކިބައިން މައާފަށް އެދިއްޖެ އެވެ.

މީގެ ދުވަސްތަކެއް ކުރިން، ދިވެހިންތަކަކާއި އެކު ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާއްމުވި މައްސަލައިގައި ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުންގެ ތަހުގީގުތައް ކުރިޔަށް ދާއިރު މައްސަލައިގައި މިހާތަނަށް ހުކުމެއް އައީ އަލަމްގިރި އާއި، އޭނާއާއި އެކު ގުޅުން ހިންގަނިކޮށް ވީޑިއޯއެއް ލީކުވި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ މައްޗަށެވެ. ދެ މީހުން ވެސް ކުށަށް އިއުތިރާފުވެފައި ވާތީ އަދަބު ވަނީ ލުއިވެފަ އެވެ.

އަލަމްގިރިގެ މައްޗަށް 07 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު ނާޒިމްގެ މައްޗަށް އިއްވާފައި ވަނީ 03 މަސް ދުވަހުގެ ގޭބަންދެކެވެ. ގާނޫނުލްއުގޫބާތުގެ ދަށުން ކުށަކަށް އިއުތިރާފުވެ އެ މީހަކު މައާފަށް އެދިއްޖެ ނަމަ އަދަބު ކުޑަވާނެ އެވެ.

މިވަގުތު ފުލުހުންގެ ވަޒީފާއިން ސަސްޕެންޝަނުގައި ހުރި އަބްދުއްރަހްމާންގެ ވީޑިއޯގެ މައްސަލައިގައި އޭނާގެ މައްޗަށް އެ އިދާރާއިން އިތުރު ފިޔަވަޅެއް އަދި ނާޅަ އެވެ. ކުށަށް އިއުތިރާފުވެ އަބްދުއްރަހްމާން ބުނެފައި ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާއަށް އިއުތިރާފުވާ ކަމަށެވެ. އަދި އެ ކުށް ކުރެވުނީތީ ރައްޔިތުންގެ ކިބައިން އޭނާ މައާފަށް އެދުނެވެ.

އަބްދުއްރަހްމާން ކުށަށް އިއުތިރާފުވެފައި ވާތީ، ދެން އޮންނާނީ އަވަސް ނިޔާގެ ދަށުން ހުކުމް އިއްވުމެވެ. އެ އަޑުއެހުން ތާވަލު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ބައެއް މީހުން ހައްޔަރު ކުރި ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް މީހެއްގެ ވަނަވަރެއް ފުލުހުން އާއްމެއް ނުކުރެ އެވެ. ނަމަވެސް ޖިނާއީ އެހެން ކުށްތަކުގައި ހައްޔަރު ކުރާ މީހުންގެ ވަނަވަރާއި، ފޮޓޯ ފުލުހުން އާއްމު ކުރެ އެވެ. މި މައްސަލައިގައި އެ މައުލޫމާތުތައް ހިއްސާ ނުކުރާ ސަބަބާއި މެދު ނޫސްވެރިން ސުވާލު ވެސް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 67%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: