ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނީ ބަހުގެ ހިދުމަތް އިތުރު 2 ހަފްތާއަށް ހިލޭ!

މަލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފެށުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް ޓީ އެލް) ބަހުގެ ޙިދުމަތް މާލެ ސަރަޙައްދުގައި އިތުރު ދެ ހަފުތާއަށް ހިލޭ ފޯރުކޮށްދިނުމަށް އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން މިކަން އާންުމުކޮށް ބުނެފައިވަނީ ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން މި
ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ އިތުރު ފުރުޞަތު ދިނުމާއިއެކު، ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުންކަމަށެވެ. އަދި ޙިދުމަތަށް އަގުނަގައިގެން ދަތުރުކުރަން ފެށުމާއެކު ޓިކެޓް ނަންގަވަން  ބޭނުންކުރައްވަންޖެހޭ އާރް.ޓީ.އެލް. ޓްރެވަލް އެޕަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް އިތުރު ފުރުސަތު ދިނުންކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

އެމްޓީސީސީން ބަހުގެ ޚިދުމަތް ކޮންމެ ދުވަހަކު ހެނދުނު 45:5 އިން ރޭގަނޑު 15:00 އަށް ފޯރުކޮށްދޭއިރު، ބަހުގެ ޚިދުމަތް ކޮންމެ 10 މިނެޓަކާއި 15 މިނެޓާއި ދޭތެރޭ ވަގުތެއްގައި ކޮންމެ ބަސް ސްޓޮޕަކުންވެސް ލިބެއެވެ.

ހިލޭ ދަތުރުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމަށްފަހު ކޮންމެ ބަސް ދަތުރެއް ކުރެވޭނީ 7 ރުފިޔާއަށެެވެ.

އެމްޓީސީސީން ވަނީ މާލެ ސަރަހައްދުގައި އާރް.ޓީ.އެލް ބަހުގެ ޚިދުމަތް ހިލޭ ފޯރުކޮށްދެވޭ މުއްދަތު ނިމުމުން، އާރް ޓީ އެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިޔު އާރް ޓިކެޓް ބައްލަވައިގަނެ ދަތުރުކުރުމުގެ އިންތިޒާމް ހަމަޖައްސާފައެވެ. ކިޔު އާރް ޓިކެޓް ބައްލަވައިގަންނަވާނެގޮތުގެ ވީޑިއޯ ވަނީ އާރް ޓީ އެލް ޔޫޓިއުބް ޗެނަލް އަދި ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައެވެ.

އާރް ޓީ އެލް މާލޭ ބަހުގެ ރޫޓް މެޕް އާރް ޓީ އެލް ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބައްލޭނެ އިންތިޒާމުވެސް ކުންފުނިންވަނީ ހަމަޖައްސާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: