ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 14 ރަށެއްގައި ކުޑަކުދިންގެ ޕާކު ހަދަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

އިތުރު 14 ރަށެއްގައި ކުޑަކުދިންގެ ޕާކު ހެދުމަށް ބޭނުންވާ ސާމާނު އެ ރަށްތަކާއި ހަވާލުކޮށްފިއެވެ.

އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ތަކެތި ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހަމަދު މަހުލޫފެވެ. އަދި ރަށްތަކުގެ ފަރާތުން ތަކެއްޗާއި ހަވާލުވީ އެ ރަށް ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލްގެ މެންބަރުންނެވެ.

ޕާކު ހެދުމަށް ތަކެތި ހަވާލުކޮށްފައިވާ 14 ރަށަކީ:

  • ހދ. ނޭކުރެންދޫ
  • ށ. ކަނޑިތީމު
  • ށ. މާއުނގޫދޫ
  • ނ. ނަރުދޫ
  • ނ. މަގޫދޫ
  • ބ. ކަމަދޫ
  • ބ. ދަރަވަންދޫ
  • އއ. ބޮޑުފޮޅުދޫ
  • ދ. ރިނބުދޫ
  • ދ. މީދޫ
  • ތ. ތިމަރަފުށި
  • ތ. ގާދިއްފުށި
  • ތ. ގުރައިދޫ

ލ. މުންޑޫ

އެ ރަސްމިއްޔާތަށް ފަހު މީޑިއާއާ ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކުތައް ތަރައްގީކުރުންކަމަށެވެ.

“ރަށްރަށުގައި ކުޑަކުދިން ދާނެތަނެއް އަނެއްހެން ނެތް. އެހެންނަމަވެސް ރަށްރަށުގައި ބީޗާއި ގޮޑުދޮށްތަކާއި ތަންތަން އެބަ ހުރޭ ކުޅެލާ ހަދާލަން. އެކަމަކު ކުޑަކުދިންގެ ޕާކުތަކެއްގެ ގޮތުގައި ޕާކުތަކެއް ހެދިފައިހުރި ރަށްރަށް ވަރަށް މަދު،” މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ސަރުކާރު އައިފަހުން 130 އަށް ވުރެ ގިނަ ރަށްރަށަށް ކުޑަކުދިންގެ ޕާކު ހެދުމަށް ބޭނުންވާނެ ސާމާނު ފޮނުވިއްޖެކަމަށްވެސް މަހުލޫފް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެތަނުން 30 ރަށުގައި ވެސް އަދި ޕާކު ނެހެދޭކަމަށް މަހުލޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން އެގޮތަށް ދިމާވާ އެއް ސަބަބަކީ އެއްރަށުން އަނެއް ރަށުގައި ހަދާފައި އޮންނަ ޕާކު ނަމޫނާއަަކަށް ބަލައިގެން އެއަށްވުރެ ފުރިހަމައަށް މޮޅަށް ހަދަން މަސައްކަތް ކުރާތީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: