ގޭންގްތަކާއި ޑްރަގު ލޯޑުން ބޭނުންކޮށްގެން ވެރިކަމަށް އައިސް، އެމީހުން ކުރިމަތީ ހެދޭނެ ގަދައެއް ނޯންނާނެކަމަށް ކުރީ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މާފަންނު ޕޮލިސް ސްޓޭޝަން ކައިރިއަށް ގްރޫޕަކުން އެއްވެ ފުލުހުންނަށް މަރުގެ އިންޒާރުދިނުމާއި ގުޅިގެން ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އުމަރު ވަނީ މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ކެމްޕޭންކުރި ގޭންގްތަކާއި ޑްރަގު ލޯޑުން ބޭނުންކޮށްގެންކަމަށް ވިދާޅުވެފައެވެ.
ފުލުހުންނަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމަށް ތުހުމަތަށް ހައްޔަރުކުރުމުން އެގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެފައިވާ ކަމަށެވެ. ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފަވާތީ އޭނާވެސް ވަނީ ހައްޔަރުކުރެވިފައި ކަމަށް ކޮމިޝަނަރ ހަމީދު ވަނީ ވިދާޅުވެފައެވެ.
ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމަށް ތުހުމަތަށް ހައްޔަރުކުރުމުން އެގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެފަވޭ. ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފަވާތީ އޭނާވެސް ވަނީ ހައްޔަރުކުރެވިފަ!
— Mohamed Hameed (@M_Hameedh) September 18, 2022
އޭގެފަހުން އެސްޓޭޝަން ދޮށަށް އެއްވި އެގްރޫޕުގެ މީހުނާމެދުވެސް ފިޔަވަޅު އެޅޭނެ ކަމަށާއި ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފް އަމަލްތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން ކަމަށް ކޮމިޝަނަރ ވިދާޅުވެފައިވީ ނަމަވެސް އުމަރުގެ ޕޯސްޓުގައި ފާހަގަކޯށްފައިވަނީ ގޭންގުތަކުގެ އެހީތެރިކަން ސަރުކާރުން ހޯދާފައިވާއިރު، ސަރުކާރަށް ގޭންގްތަކުގެ ކުރިމަތީގައި ހެދޭނެ އެއްވެސް ގަދައެއް ނޯންނާނެކަމަށެވެ.
މީގެ ކުރީގައިވެސް އުމަރު ވަނީ މިފަދަ ތުހުމަތުތަކެއް ބައެއް އިސްވެރިންގެ މައްޗަށާއި ސަރުކާރަށް ކޮށްފައެވެ.
ޑްރަގަށް ދާއިމީ ހައްލުގެ ނަމުގައި ސަލްޓަން ޕާރކުގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި، ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ، ކޮންމެ އިންތިހާބެއްގައިވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ވަނުމަށް، ޑްރަގް ޑީލަރުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކުރީގެ މަޖިލީހުގައިވެސް މަސްތުވާތަކެތީގެ ވިޔަފާރީގައި ޝަމިލުވާ ފަރާތްތައް ތިބިކަމަށް އިޝާރާތް ކުރައްވާ، އުމަރު ވިދާޅުވީ، މިހާރުގެ މަޖިލީސް މެމްބަރުންގެ ތެރޭގައި އެފަދަ ބަޔަކުވާކަމަށެވެ.
އުމަރަކީ މިފަދަ މައްސަލަތަކައް ހައްލު ހޯދުމަށް ގޮވާލާ ވަކާލާތުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ ހޯމް މިނިސްތަރުކަމުގައިވެސް ވަނީ މިކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
2 Responses
ކުއްކުރުން ހައްލުކުރެވޭނީ ހަމަ އުމަރުރުއަށް އުމަރު ގަޓްހުންނާނެ ވަރަށް ވަރަށް ސާފް
ދޮންބޭ ދޮންބޭ. ނިމިދިޔަ ރައީސް ޔާމީނުގެ ވެރިކަމަށްވުރެ ގޭންގުތަކަށް ބާރުދިން ވެރިކަމެއް ދިވެހި ތާރީޚް ނުދެކޭ. ތާރީޚް އޮޅުވާލައްވަން މަސައްކަތް ނުކުރައްވާ! އަދީބުއިން ފެށިގެގެން، މިނިސްޓަރު ޝައިނީގެ ވަށާލައިގެން ތިބި ގޭންގު ލީޑަރުންނާއި، އެ ގޭންގުތަކަށް ނިސްބަތްވާ ކުދިންތަކުގެ ފޮޓޯ އަޅުގަނޑުމެން ދުށިން. އެކުދިންނަށް އަދީބު ދެމުން ގެންދިޔައީ ތިމަންނާގެ ފައިސާކަމާ، އެ ފައިސާ އެކުދިންނަށް ލިބޭނެގޮތް ތިމަންނާ ހަމަޖައްސާނެކަމަށް ލައިވް ޓީވީގައި ބުނީ ރައީސް ޔާމީން. މިވާހަކަތައް ރީކޯލް ނުކުރެވުމަކީ އެކަށީގެންވާ ކަމެއް.