ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދު ކުޑަ ކުރަން ޖެހޭނީ ރައްޔިތުންގެ ހައްގަށް ފައިން އަރާފައެއް ނޫން: ޝަރީފް

މަރަދޫ ދާއުރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރަދު ކުޑަ ކުރަން ޖެހޭނީ ރައްޔިތުންގެ ހައްގަށް ފައިން އަރާފައި ނޫންކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ، މިއަދުގެ މަޖިލީހުގައި ހަރަދު ކުޑަ ކުރުމާއި ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ދެއްކެވި ވާހަކައަށް ރައްދުދެއްވައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައި ވީނަމަވެސް ސަރުކާރުން ވަކި ބައެއްގެ ހިތްރުއްސުމަށް ހަރަދުތައް ކުރަމުންދާކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ. އަދި އެކި ފަހަރުމަތީން ފައިސާ ޗާޕު ކުރީ އަމިއްލަ މަސްލަހަތު އިސްކޮށް، ގާތް މީހުންނަށް ބޮޑެތި އަދަދުތަކުން މުސާރަ ދިނުމުގެ ބޭނުމުގައިކަމަށް ޝިޔާމް ވިދާޅުވި އެވެ. އިދިކޮޅުން މަޖިލީހުގެ ތަޅުމުގައި އާއި، އެ ޕާޓީގެ އެކި ހަރަކާތްތަކުގައި ކުރާ އެންމެ ބޮޑު އެއް ތުހުމަތަކީ ސަރުކާރުން ސިޔާސީ މަގާމުތަކަށް އާއިލީ ގާތް މީހުން އައްޔަނުކޮށް އެކަށީގެން ނުވާ ވަރުގެ ބޮޑެތި މުސާރަތައް ދޭކަމަށެވެ.

މިއަދުގެ މަޖިލީހުގައިވެސް ޝިޔާމް ވަނީ ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާ، ވަކި ބަޔަކު ހިތްރުއްސުމަށްޓަކައި މި ސަރުކާރުން ދައުލަތުގައި ފައިސާ ނެތުމުން ފައިސާ ޗާޕުކޮށްގެން އަމިއްލަ މަސްލަހަތު ހުރި މަގާމުތަކުގައި ތިއްބެވި ސިޔާސީ ފަރާތްތަކައް މުސާރަދެއްވާކަމަށް ވިދާޅުވެފައެވެ. މީގެ ކުރީގައިވެސް ޝީޔާމް ވަނީ މި ސަރުކާރުން އާއިލާ މެންބަރުންނަށް ވަޒީފާ ދިން ދިނޫނުން ސަފާރާތައް ފުރާލާފައިވާކަމަށް ވިދާޅުވެފައެވެ.

މިވާހަކަތަކައް ރައްދުދެއްވާ ޝަރީފް ވިދާޅުވީ ހަރަދު ކުޑަކުރަން ތާއީދުކަމަށާއި ނަމަވެސް އެކަމަކީ ރައްޔިތުންގެ ހައްގަށް ފައިން އަރާފައި ކުރަންޖެހޭކަމެއްނޫންކަމަށެވެ. ޕީޕީއެމްގެ ވެރިކަމަށް އިޝާރާތްކުރައްވާ ޝަރީފް ފާހަގަކުރެއްވީ ވެރިކަމުގެ ދައުރުގެ 5 އަހަރުގެ ތެރޭގައި 46 ބިލިއަން ރުފިޔާ ނަގާފައިވާކަމަށެވެ. އަދި އޭނާ ސުވާލުއުފެއްދެވީ އެއީ ކޮން ބަލިމަޑުކަމެއް އައުމުން ނެގި ދަރައްޏެއްކަމާއިމެދުއެވެ. ޝިޔާމްގެ ވާހަކަގައި މި ސަރުކާރުން ރާއްޖެ 108 ބިލިއަން ރުފިޔާއަށް ދަރުވާލައިފިކަމަށް ފާހަގަކުރަވާތީ، ޝަރީފް ވިދާޅުވީ މިހާރު ޖުމްލަ ދަރަނީގެ ގޮތުގައި 108 ބިލިއަން ރުފިޔާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ނެންގެވި 46 ބިލިއަން ދަރަންޏާއިއެކުކަމަށެވެ.

46 ބިލިއަން ރުފިޔާ ނެގީ އެއްގޮތަކަށް ކޮވިޑެއް އައިސްގެނެއްވެސް ނޫން. އެ ފައިސާވެސް ޗާޕުކޮށްގެން އެބޭފުޅުންވެސް ކުރެއްވިކަމެއް ކުރެއްވީ

މީގެ އިތުރުން ޝިޔާމް ވަނީ މި ސަރުކާރަށް މަސް ފެކްޓްރީތަކުގައި ހުރި މައްސަލަތައްވެސް ހައްލުނުކުރެވޭކަމަށް ފާހަގަކުރައްވާފައެވެ. ޝަރީފް ވިދާޅުވީ އެއީ ކުރީ ސަރުކާރުން ގާއިމްކޮށްފައިވާ ތަންތަންކަމަށާއި އެއިރު އެންމެ ފުރިހަމައަށް އެ މަސައްކަތްތައް ކުރެއްވިނަމަ މިއަދު އެކަމުގެ ޒިންމާ އެމްޑީޕީގެ ސަރުކާރުން ނަގަންނުޖެހޭނެކަމަށެވެ.

މި ބޭފުޅުންގެ ވެރިކަމުގައި ކޫއްޑޫގެވެސް އެންމެ ތަނެއްހާ މިންވެސް ކެޕޭސިޓީ އިތުރުކޮށްފައި ނެތް. އެކަމަކު މިބޭފުޅުންގެ ލަދެއް ހަޔާތެއް ގޮތެއް ފޮތެއް ނެތީމައި އެވާހަކަ އަގަ ފުޅާކޯށްފައި އެ ދައްކަވަނީ

ދިވެހި ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށްދިއުމުގެ ސބަަބުން ހަރަދު ކުޑަކުރުމަށްޓަކައި މަޖިލީހުން މެންބަރުން މަދުކޮށް މެންބަރުންނަށް ކުރާ ހަރަދު މަދުކުރުމަށް ބައެއް ދާއިރާތައް އުވާލާއިރު އެ ދާއިރާތަކުގެ ރައްޔިތުން ރިޕްރެޒެންޓް ކޮށްދެއްވާނީ ކާކުކަމާއިމެދު ސުވާލުއުފައްދަވާ ޝަރީފް ވިދާޅުވީ ހަރަދު ކުޑަ ކުރުމަށްޓަކައި އެފަދައިން މަސައްކަތް ކުރެއްވީމައި ގެއްލެނީ ރައްޔިތުންގެ ހައްގުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: