ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީން ށ މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމަށް ތައްޔާރުވެއްޖެ

ށ މާއުނގޫދޫ ބަނދަރު ތަރައްގީ ކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީއިން ށ މާއުނގޫދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފިއެވެ.

މާއުނގޫދޫގައި ބޭއްވި ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު، މާއުނގޫދޫ ކައުންސިލުގެ ރައީސްގެ އިތުރު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެމްޓީސީސީއިން ބުނެފައިވާގޮތުން އެ ރަށުގެ ބަނދަރު ތަރައްގީކޮށް ނިމުމުން، ރަށަށް ދޯނިތައް ލެފުމުގައި އަދި ފުރުމުގައި ކުރިމަތިވާ ދަތިތައް ހައްލުވެގެންދާނެއެވެ. އަދި މާއުނގޫދޫ އަކީ ދަނޑުވެރިކަމުގެ އިތުރުން ކަންނެލީގެ މަސްވެރިކަމަށްވެސް މަޝްހޫރު ރަށެއް ކަމަށްވުމުން، ތަރައްގީގެ އަސަރުތައް ދިވެހި އިގްތިސާދަށްވެސް ކުރާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެމްޓީސީސީއިން މާއުނގޫދޫގައި ހިންގާ މަޝްރޫޢޫގެ ދަށުން 29.01359 ކިއުބިކް މީޓަރު ސަރަހައްދެއްގައި އައު ހާބަރު ބޭސިން ފުންކުރުމާއި، 48.3245 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 105 މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމެންޓު ހެދުމުގެ އިތުރުން 312 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން 90.1508 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމެންޓު ހެދުން އަދި ނެރުބައްތިއާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތްތައް ކުރާނެއެވެ.

އެ ކުންފުނިން ބުނާގޮތުން މި މަޝްރޫޢުއަށް ޖުމުލަކޮށް 71.59 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: