ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިން ޒޯނަކީ ހައްލެއް ނޫން، މާލެއަށް ބޭނުން ވަނީ މެކޭނިކަލް ޕާކިން ސިސްޓަމް: މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭ އުސޫލެއް އެކުލަވާލި އިރު، އެ ވެހިކަލްތައް ޕާކު ކުރާނެ ޖާގައެއް ރައްޔިތުންނަށް ދައްކަން ޖެހޭނެކަމަށް ސަރުކާރުގައި ދެންނެވިކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި މައްސަލައިގައި މުއިއްޒު ވިދާޅުވީ ސަރުކާރުން އެންމެ ފުރަތަމަ މިނީ ބަހުގެ ހިދުމަތް ދިނުމަށް ނިންމައި އެކަން އިއުލާނު ކުރީ ވެސް ސިޓީ ކައުންސިލާއި އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. ޕޮލިސީ ލެވެލްއެއްގައި ކަންކަން ނިންމުމަށް ފަހު، ކައުންސުލާއި ހަމައަށް އަންނަނީ ވަކި ކަމަކަށް އަމަލު ކުރުމަށްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އެހާ ހިސާބުން ދެން ހިއްސާ ކުރަން ޖެހެނީ އޭގެ ސަބަބުން ހުރި ކަންބޮޑުވުންތައް ކަމަށެވެ.

މަޖީދީ މަގާއި ސޯސަން މަގު ހުސް ކުރުމަށް ނިންމައި ޕާކު ނުކުރެވޭ އުސޫލެއް އެކުލަވާލައި އެކަން އެންގި އެންގުން މިސާލެއްގެ ގޮތުގައި ނަންގަވައި މުއިއްޒު ވިދާޅުވީ އެހާ ހިސާބުން އެންމެ ފުރަތަމަ ވެސް އުފެދޭނެ ސުވާލަކީ ދެން އެ މަގުތަކުގައި ކުރިން ޕާކު ކުރި އުޅަނދުތައް ޕާކު ކުރާނެ ތަނަކާއި މެދު ކަމަށެވެ.

”އެންގުމެއް އަންނަނީ… އަމުރެއް މި އަންނަނީ ހުސް ކުރާށޭ މިވެނި ޑޭޓަކަށް… ދެން އަޅުގަނޑުމެން މި ބުނަނީ ތިކަމެއް ތިޔަހެން ނުކުރެވޭނެ އޭ. އަޅުގަނޑުމެން ބޭނުން ވަނީ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދޭން.. އަޅުގަނޑުމެން ހޮވާފައި މިތިބީ އެކަން ކުރަން.. އަޅުގަނޑުމެން ބޭނުން ތެދުވެރި އިހުލާސްތެރި ބަޔަކަށް ވާން.. އެގޮތަކަށް ނުކުރެވޭނެ އޭ އަޅުގަނޑުމެން ދެންނެވީ“ މުއިއްޒު

ވަކި އެންގުމެއްގެ ސަބަބުން ނިކުމެދާނެ ނަތީޖާއެއް ނުވަތަ، އޭގެ ފަހަތުން ދެން އޮތް ޕްލޭނަކީ ކޮބައިތޯ ސުވާލުކޮށް ދެކޮޅު ހެދުމުން އެއީ އެއްބާރުލުން ނުދިނުންކަމަށް ނުބުނެވޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ. ރައްޔިތުންނާއި ވީހާވެސް ގާތުން އިހުލާސްތެރި ބައެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދާއިރު އެންގުމެއްގެ ސިފައިގައި ލިޔުމެއް ފޮނުވައި ވަކި ތަނެއް ހުސް ކުރުމަށް ބުނުމުން، އެއީ ކުއްލިއަކަށް ކުރެވޭނެ ކަމެއް ނޫންކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ.

މުއިއްޒު ވިދާޅުވީ އަބަދުވެސް ދެން ފެންނަނީ މީޑިއާތަކާއި، އެހެނިހެން ޕްލެޓްފޯމުތަކުގައި ކައުންސިލް ބަދުނާމުކޮށް ވާހަކަ ދައްކާ މަންޒަރު ކަމަށެވެ. މުއިއްޒު ވިދާޅުވީ ކައުންސިލާއި ދެކޮޅަށް އެގޮތަށް ވާހަކަ ދެއްކި ނަމަވެސް ރައްޔިތުންގެ މަސްލަހަތާއި ގުޅުން ހުރި ކަންކަމުގައި ކައުންސިލް ސަރުކާރަށް އެއްބާރުލުން ދޭނެކަމަށެވެ. އަދި އެކަން ވަރަށް ސާފުކޮށް އިދާރާތްތަކަށް އެނގޭނެކަމަށް ވިދާޅުވި އެވެ.

”އަޅުގަނޑުމެން ހަމަ ބުނަމުން ދިޔައީ ސަރުކާރަށް އެއްބާރުލުން ދިނުމުގައޭ އަޅުގަނޑުމެން ދެމި މިތިބީ.. އެކަމަކު ޕާކިންއަށް ހައްލެއް އެބަ ގެނެސްދޭން ޖެހެއޭ.. ދެން އެބޭފުޅުން އެއްބަސްވީ އާނ ތީ ރަނގަޅު ވާހަކައެކޭ.. އެހެންވީމަ ސަރުކާރުގެ ބިންތައް ހުންނާނެ އޭ.. އެ ތަންތަން ހުސްކޮށް ދީފަ ކައުންސިލާއި ހަވާލު ކުރާނަމޭ..“ މުއިއްޒު

މުއިއްޒު ވިދާޅުވީ މަޖީދީ މަގަށް އިންވާ ގޮތަށާއި، އަމީނީ މަގާއި އޯކިޑު މަގުގައި ވެސް ބިންތައް ހުންނެކަމަށް ސަރުކާރުން ބުނި ކަމަށެވެ. އެގޮތުން އަމީނީ މަގުން ދިން ހުސް ބިމުގައި މިހާރު އަމީނީ މަގުގައި ކުރިން ޕާކު ކުރި ގިނަ އުޅަނދުތައް ޕާކު ކުރަމުން ގެންދާކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ.

ޕާކިން ކުދި ކުދި ޒޯނުތައް ހެދުން އެއީ ހައްލެއް ނޫންކަމަށް ތަކުރާރު ކުރައްވައި މުއިއްޒު ވިދާޅުވީ ހައްލަކީ ޒަމާނީ ޕާކިން ސިސްޓަމް ކަމަށެވެ. އަދި އެކަމަށް އެއްޕްރޫވަލް ސަރުކާރުން ދެއްވައިފި ނަމަ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދެވޭނެކަމަށް މޭޔަރު ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: