ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ހުރިހާ ބާރެއް ލިބުމުން ރައްޔިތުންނަށް ވީ ގެއްލުން: ޖަމީލު

ކުރީގެ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ވެރިކަމުގެ ހުރިހާ ބާރެއް ލިބުމުން ރައްޔިތުންނަށް ވީ ގެއްލުންކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަންގެ ވާހަކަތައް އިންތިހާއަށް ގިނަވެފައިވާކަމަށް އިޝާރާތްކުރައްވާ ޖަމީލު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރައްޔިތުންނަށް ވައުދުވެލެއްވީ ކޮރަޕްޝަން އެއްވެސް ވަރަކަށް ޓޮލަރޭޓު ނުކުރައްވާނެކަމަށެވެ.

ޖަމީލު ވިދާޅުވީ، މިހާރު ސަރުކާރުގެ ކުންފުނިތަކަކީ ކޮރަޕްޝަންގެ އައްޑަތަކެއް ކަމަށެވެ. އަދި އެމްޑީޕީއަށް ދިވެހި ވެރިކަމުގެ ހުރިހާ ބާރުތަކެއް ލިބުމުން ރައްޔިތުންނަށް ވެފައިވާ ފައިދާތަކެއް ނެތްކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ ރައީސް ސާލިހުގެ ސިޔާސަތަކީ ކަންކަމަށް ރިއެކްޓު ނުކުރައްވާ ހުރުންކަމަށާއި، އެމަނިކުފާނުވަނީ ހީލަތްތެރިކަމާއި އެކު ދައުލަތް ދަވާލާފައިކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

 

ޖަމީލު ރައީސް ސާލިހު އަދި އެމްޑީޕީގެ ސަރުކާރަށް އަމާޒު ކުރެއްވި ފާޑުކިޔުންތަކާއި އެކު ވަނީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޑިއެމްޑީއެއް ކަމަށްވާ އިބްރާހިމް ވަހީދުގެ ސިޓީއެއްވެސް އާންމުކޮށްފައެެވެ.

އެ ސިޓީގައި ބުނެފައިވާގޮތުން ފެނަކައިގެ އެމްޑީ އަހުމަދު ސައީދު އަދި ޗެއަރމަން ރަޝީދު ކުންފުނީގެ ހިންގުމާއި ހަވާލުވި އިރު ދަރަނީގެ ގޮތުގައި އޮތީ 680 މިލިއަން ރުފިޔާކަމަށެވެ. އެހެން ނަމަވެސް އެ ދެ ބޭފުޅުން ހިންގާ ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކާއި ނާގާބިލު ކަމުގެ ސަބަބުން 1.5 ބިލިއަނަށް ދަރަނީގެ އަދަދުތައް ބޮޑުވެފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: