ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސް ކުރުމަށް މަޖިލީހުން ނިންމައިފި

ގާ އުފުލުމުގެ މަސައްކަތުގައި ބިދޭސީންތަކެއް ހަރަކާތްތެރިވަނީ: ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާޙު މަޖިޅިހުން މިއަދު ފާސްކޮށްފިއެވެ.

މި އިޞްލާޙު މަޖިލީހަށް ހުށައެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދެވެ. އަދި މި އިޞްލާޙު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ ތެރެއިން 49 މެންބްރުންގެ ތާއީދާއެކުގައެވެ.

އެހްނަކަމުން، ދެން ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ދޭން ފަށާނެ ވަކި ތާރީހެއް ކަނޑައެޅުމުގެ ބަދަލުގައި އެކަމަށް އަމަލުކުރަން ފަށާނީ ރާއްޖޭގެ އިގްތިސާދީ ގައުމުގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް، މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އަރުވާ ލަފައެއްގެ މަތިން މިނިސްޓަރު ކަނޑައަޅުއްވައި އާންމުކުރާ ތާރީހެއްގައެވެ.

މި އިޞއްލާހު މިގޮތައް ފާސްކުރުމުގެ ކުރިން މި އިޞްލާހާމެދު ކަންބޮޑުވުން ފާޅުކޮށް ، މި އިޞްލާހު އަނބުރާ ގެންދިޔުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ގޮވާލައިފައެވެ.

މި އިޞްލާހާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން އަދި މޯލްޑިވްސް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރެފައިވާ ބަޔާނުގައިވަނީ، މި އިސްލާހުގެ ސަބަބުން ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޚިލާފުވެ ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ޤާއިމްކުރުމަށް ކުރާ މަސައްކަތުގައި ފަހަތައް އެޅޭ ފިޔަވަަޅަކަށް މި އިސްލާޙު ވާނެ ކަމަށެވެ.

މީގެ އިތުރުން، ހުށަހަޅާފައިވާ އިޞްލާހުގެ ސަބަބުން ދިވެހިރާއްޖެއިން އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން ގެ އީކުއަލް ރެމިއުނަރޭޝަން ގައި ސޮއިކޮށްފައިވާ އެއްބަސްވުމާ ޚިލާފުވާނެކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ”އީކުއަލް ރެމިއުނަރޭޝަން”ގެ އެއްބަސްވުމުގައި ވަނީ، އެއް މަސައްކަތެއް ކުރާ މަސައްކަތްތެރީންނަށް ހަމަހަމަ ގޮތުގައި މުސާރަ ދޭންޖެހޭނެކަމަށެވެ. ނަމަވެސް މި އިޞްލާހާ ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް ކުޑަ އުޖޫރައެއް ދީގެން މަސައްކަތް ކުރުމަށް ޤާނޫނުން ހުއްދަކުރާނެއެވެ. އަދި ރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ)ގެ ދަށުން މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރަންޖެހޭކަމަށް ބަޔާނުގައި ވެއެވެ.

މި އިޞްލާހާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އިތުރަށް މި ބަޔާނުގައިވަނީ، މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތްގޮތަށް ލަސްކޮށްފިނަމަ، ވަޒީފާގެ ބާޒާރުގައި ކުޑަ އުޖޫރައެއް ދީގެން ބިދޭސީ މަސައްކަތްތެރިން ލައްވާ މަސައްކަތް ކުރުވާ ނާޖާއިޒް ފައިދާ ނެގުމަށް ިއތުރަށް މަގުފަހި ވެގެންދާނެކަމަށެވެ. އަދި މީގެ ސަބަބުން ދިވެހި މަސައްކަތްތެރިންނަށް ވަޒީފާ މިހާރުވެސް ދަތިވާކަމުގެ ޝަކުވާ ގިނަކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ވަޒީފާ ދޭ ފަރާތައް ދިވެހި މަސައްކަތްތެރިޔަކަށް މަސައްކަތް ދިނުމަށް އިތުރު ތަކްލީފަކަށްވެ، ޚަރަދު ބޮޑުވާގޮތައް ޤާނޫނަށް ގެނެވޭ އިޞްލާހަކީ ދިވެހި މަސައްކަތްތެރިންގެ އަގު ވަޒަން ނުކުރާކަމުގެ ދަލީލެއްކަމަށް އެ ބަޔާނުގައި ވެއެވެ.

ވިޔަފާރިތަކުން ދިވެހީންނަށް ވަޒީފާގެ ފުރުޞަތު ނުލިބި އިޖުތިމާއީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް ދައުލަތުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގުރާމްތަކަށް ބުރަވެ، ވަޒީފާ ނުލިބޭ ޒުވާނުން އިންތިހާއަށް ގިނަވާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މި އިޞްލާޙުގެ ސަބަބުން ވަޒީފާ ލިބޭ ދިވެހިންގެ އަދަދު ދަށްވެ އެންޕަލައޮމެންޓް ރޭޓު ދަށަށްދާނެކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: