ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރީގެ މައްޗަށް އުފުލި 40 ދައުވާގެ ޝަރީއަތް ގެންދާނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި!

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި އަލަމްގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަދަދެއްގެ ބަޔަކާއެކު އެއްޖިންސުން ގުޅުންހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރީގެ މައްޗަށް އުފުލާފައިވާ 40 ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލުކޮށްފި އެވެ.

އަލަމްގިރީގެ މައްޗަށް އުފުލިފައިވާ 40 ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ނިންމާފައިވާއިރު، އޭނާގެ މައްޗަށް މީގެ ކުރިން ވަނީ ތިން ދައުވާއެއް ސާބިތުވެ ހަތް މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ކްރިމިނަލް ކޯޓްގައި އަލަމްގިރީގެ ޝަރީއަތް މާދަމާ ހެނދުނު 10 ޖަހާއިރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެޝަރީއަތުގެ އަޑުއެހުން ސިއްރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ކްރިމިނަލް ކޯޓްގެ ތާވަލުގައި ބަޔާންކޮށްފައިވެއެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ ތަކެއް ޝޯސަލް މީޑިއާގައި މީގެ ދުވަސްކޮޅެއް ކުރިން އާއްމުވެފައިވާއިރު އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ކުރަން ފަށާފައެވެ.

އަލަމްގިރީގެ މައްޗަށް ކުށް ސާބިތުވެފައިވަނީ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އަމިއްލަ އިއުތިރާފުންނެވެ.

އަލަމްގިރީގެ މައްޗަށް މިހާރު ކޯޓުގައި އުފުލާފައިވާ ދައުވާ އަކީ އޮރިޔާންކާޑު އުފައްދައި ގެންގުޅުނު މައްސަލައެވެ. އަލަމްގިރިއާއެކު ތަފާތު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ ތަކަކީ އޭނާ އަމިއްލައަށް އުފެއްދި ވީޑިއޯ ތަކެއް ކަމަށް އަލަމްގިރިވަނީ މީގެ ކުރިން އެއްބަސްވެފައެވެ.

އަލަމްގިރީގެ މައްޗަށް އުފުލާފައިވާ 40 ދައުވާ އަކީ ކޮންމެ ވީޑިއޯ އަކަށް ވަކިވަކިން ކޮށްފައިވާ ދައުވާތަކެކެވެ، އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާ އަށް އަންނާނީ 1 އަހަރާއި 6 މަސްދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެ މައްސަލައިގައި އަލަމްގިރި އިއުތިރާފްވެއްޖެ ނަމަ އޭނާގެ މައްޗަށް 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަލަމްގިރީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ މައްޗަށް ވެސް ވަނީ ކުށް ސާބިތުވެ ހުކުމްކޮށްފައެވެ. އެގޮތުން ނާޒިމްގެ މައްޗަށް ހުކުމްކޮށްފައިވަނީ 3 މަސްދުވަހު ގޭ ބަންދުކުރުމަށެވެ. އަދި އޭނާ ގެންދަވަނީ އެ ހުކުމް ތަންފީޒުކުރަމުންނެވެ.

ނާޒިމްގެ އިތުރުން އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި ފުލުސް އޮފިސަރެއް ކަމަށްވާ އަބްދުއްރަފީއު ގެ މައްޗަށްވެސް ވަނީ ކުށް ސާބިތުވެފައެވެ.

އަބްދުއްރަފީއު އަށް ވަނީ 3 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: