މ. މުލަކުގައި ފުލުހެއްގެ ސައިކަލުގައި އަލިފާންޖަހާ އަންދާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް “ސަންގު“އަށް ވިދާޅުވީ ސައިކަލުގައި ރޯކޮށް އަންދާލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި މިކަމަާއި ގުޅިގެނ އިތުރަށް ބަލަން ޖެހެ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލް މިއަދު ”ސަންގު“އަށް ވިދާޅުވީ ސައިކަލުގައި ރޯކޮށްލައިފައިވަނީ ރޭގެ ވަގުތެއްގައިކަމަށެވެ. އަދި މިކަން ހިނގަން މެދުވެރިވި ވަކި ސަބަބެއް ފާހަގަކުރެވިފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“ސައިލަުގައި ރޯކޮށްލީ ރޭ ދަންވަރު ވަގުތެއްގައި. އެކަމަކު އަޅުގަނޑުމެންނަށް އެކަން އިނގުނީ ހެނދުނު. ދެން ސަައިކަލުގައި ރޯކޮށްލީ ވަކި ބައެކޭ ބުނާކަށް ނޭނގެ. އަދި އެކަން ކުރަންޖެހޭ ވަކި ސަބަބެއްވެސް ފާހަގަކުރެވިފައެއް ނެތް. ފުލުހުން އެދަނީ މިހާރު ތަހުޤީގުކުރަމުން.“ ޖަމާލް ވިދާޅުވިއެވެ.
ރޯކޮށްލާފައިވާ ސައިކަލުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު، އެ ސައިކަލު އަނދާ އަޅިއަށް ވެފައިވާތަން އެ ފޮޓޯތަކުން ފެނެއެވެ.

