ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ އަދި އައިޓީއެފްސީ ދެމެދު 189 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެސްޓީއޯ އަދި އައިޓީއެފްސީ ދެމެދު "މުރާބަހާ" އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން: ފޮޓޯ/ އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިގް އޯރަގަނައިޒޭޝަން (އެސްޓީއޯ) އަދި އިންޓަރނޭޝަނަަލް އިސްލާމިކް ޓްރޭޑް ފައިނޭންސިންގް ކޯޕަރޭޝަން (އައިޓީއެފްސީ) ދެމެދު 189 މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައިޓީއެފްސީ އަދި އެސްޓީއޯ ދެެމެދު ގާއިމު ކުރެވުނު “މުރާބަހާ” ޓްރޭޑް ފައިނޭންސިންގް އެއްބަސްވުމުގައި ސޮއި ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ކޮންމެހެން ބޭނުންވާ މުދާ ގަތުމަށް ލުއިތަކެއް ލިބިގެންދާނެކަމަށެވެ.

އަމްރު ވިދާޅުވީ، އެއްބަސްވުމުގެ ދަށުން ލިބިގެންދިޔަ ފައިސާއިން ހޯދާނެ ތަކެތީގެ ތެރޭގައި ތެލުގެ ބާވަތްތަކާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން ބޭސް ފަރުވާއަށް ބޭނުންވާ ސާމާނުވެސް ހޯދާނެކަމަށް އަމްރު ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، އައިޓީއެފްސީއިންވަނީ ކޮވިޑް19ގެ ދަތި ދަނޑިވަޅުގައި އެސްޓީއޯ އަދި ރާއްޖެއަށްވެސް މުހިންމު އެހީތަކެއް ފޯރުވާފައިކަމަށެވެ. އަދި އެދުވަސްވަރު ރާއްޖެއަށް ބޭނުންވާ ތަކެތި ހުއްޓުމެއްނެތި ހޯދުނީ އައިޓީއެފްސީގެ އެހީގެ ދަށުންކަމަށް އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރުވަނީ މިފްކޯ އަދި އައިޓީއެފްސީ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކުރެވޭކަންވެސް ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަން އިތުރު ކުރުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އުފެއްދުންތައް މާކެޓުކުރުމަށް މަގު ފަހިވެގެންދާނެކަމަށް އެނާ ސިފަކުރެއްވިއެވެ.

ރާއްޖޭގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި އެސްޓީއޯގެ އެމްޑީ އަމްރު އަދި މިނިސްޓަރު އަމީރުގެ އިތުރުން އައިޓީއެފްސީގެ ސީއީއޯ އިންޖިނިއަރު ހާނީ ސަލީމް ސަމްބޯލްވެސް ވަނީ ވާހަކަދައްކަވާފައެވެ.

އައިޓީއެފްސީގެ ސީއީއޯ ވިދާޅުވީ، ރާއްޖެއަކީ އެ މުއައްސަސާއާއި އެކު އެންމެ ގިނަ މުއާމަލާތްތައް ހޯދާފައިވާ އެއް ގައުމު ކަމަށެވެ. އަދި މިހާރު އައިޓީއެފްސީއިންވަނީ އެސްޓީއޯ އަދި ރާއްޖޭގެ އެހެނިހެން މުހިންމު ކުންފުނިތަކަށް 1.8 ބިލިއަނާއި ގާތްކުރާ އަދަދަކަށް މާލީ އެހީ ފޯރުވާފައިކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އައިޓީއެފްސީގެ ސީއީއޯގެ އިތުރުން މިނިސްޓަރ އަމީރުވެސް ވަނީ ވާހަކަދައްކަވާފައެވެ. އެނާ ވިދާޅުވީ، އައިޓީއެފްސީއަކީ ރާއްޖެއަށް ޓްރޭޑް ފައިނޭންސް ފޯރުކޮށްދިނުމުގައި އެންމެ ކުރީގައިވާ އެއް މުއައްސަސާކަމަށެވެ. އަދި ކޮވިޑްގެ ދަތި ދުވަސްވަރުގައި އައިޓީއެފްސީގެ ފަރާތުން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތަކަށް އެނާވަނީ ޝުކުރު ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: