ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕްގެ ކޮންޓެންޑާ ސީރީޒް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ ގެ ފަރާތުން ކުރިއަށްގެންދާ ޕަބްޖީ މުބާރާތަށް ކޮލިފައިވާ ޓީމްތަށް ހޮވުމަށް ބާއްވާ ކޮންޓެންޑާ ސީރީޒްތަކުގެ ދެވަނަ މުބާރާތް ފަށައިފިއެެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 13 އިން 17 އަށެވެ. އެ މުއްދަތުގައި ރަޖިސްޓްރީވި ޓީމްތަކުގެ ތެރެއިން ޝަރުތުހަމަވާ 89 ޓީމުން 500 ގޭމަރުން މުބާރާތުގައި ވާދަކުރާ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫގެ ތަފާތު އެކި ޑޭޓާ ޕެކްސްގެ ތެރޭގައި ޕަބްޖީ އަށް ހާއްސަ ޕެކޭޖްތައް ހިމެނޭއިރު އެޕެކޭޖް ތަކަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ދާއިރު  އެ ޕްރޮމޯޝަންގެ ދަށުން  ޕަބްޖީ ޑޭޓާ ޕެކް ސަބްސްކްރައިބް ކުރާ ކަސްޓަރުންގެ މެދުގައި ލަކީޑްރޯ އެއް ނެގުމާއި ގުރުއަތުން ހޮވާ ފަސް ނަސީބުވެރި ފަރާތަކަށް ވީއާރު ކެފޭގައި އެއް ގަޑިއިރު ވީއާރު ޝެސަނެއް ލިބޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫގެ ޕަބްޖީ މުބާރާތުގެ މި ސީޒަނުުން މޮޅުވާ ތިން ޓީމު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތަށް ކޮލިފައިވާނެ ކަމަށާއި އެ މުބާރާތަކީ އުރީދޫ ގޭމާޒް ނޭޝަން އިން ބާއްވާ މުބާރާތެއްް ކަމަށް އުރީދޫ އިން ބުނެއެވެ.

މީގެ އިތުރުން އެ މުބާރާތަކީ ރާއްޖޭގައި ބާއްވާ އެފަދަ އެންމެ ފުރަތަމަ މުބާރާތް ކަން ވެސް ފާހަގަކޮށްލެވެއެވެ. އެ މުބާރާތަށް އުރީދޫ އިން ކަނޑައަޅާދާއިވަނީ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ކޮންޓެންޑާ ސީރީޒް 2 ގެ މެޗްތައް  އާދިއްތަ ދުވަހުގެ ރޭ ފެށިގެން ކުރިއަށްދާއިރު މުބާރާތް ކުރިއަށް ދާނީ ފަސްބަޔަކަށް ބަހާލައިގެން ކަމަށް އުރީދޫއިން ބުނެއެވެ.

ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ކޮންޓެންޑާ ސީރީޒް 2 ގެ ވަނަތަކަށް ކަނޑައަޅާފައިވާ ފައިސާގެ އިނާމް ތަކުގެ ތެރޭގައި އެއްވަނަ ޓީމަކަށް ދިހަ ހާސް ރުފިޔާ، ދެވަނަ ޓީމަަށް ތިންހާސް ރުފިޔާ އަދި ތިންވަނަ ޓީމަށް ދެހާސް ރުފިޔާ ލިބިގެން ދާނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: