ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލް ވިދާޅުވީ ބޮޑުތަކުރުފާނުގެ އަޒުމަކީ ރައީސް ޔާމީންގެ ވެސް އަޒުމްކަމަށް!

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. ޖަމީލް އަދި ވަކީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑުތަކުރުފާނުގެ އަޒުމް ދައްކަބާ ހަމައެކަނި ސިޔާސީ ލީޑަރަކީ، ކުރީގެ ރައީސް، އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓޫ އަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ނައިބު ރައީސް އަދި ރައީސް ޔާމީންގެ ދިފާއީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހާ ގުޅިގެން ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަމިއްޔަތުގެ އަސާސް މިމިންވަރަށް ފުނޑިފައިވާ ގައުމީ ދުވަހެއް މިއިން ޒަމާނަކު ދިވެހިން ނުދެކޭކަމަށެވެ.

މިއަދު އާލާކުރަންވީ ގައުމީ ބަޠަލުން ދެއްކެވި ހިތްވަރުގަދަ އަޒުމް ކަމަށް ފާހަގަކުރައްވާ، އަބަދުވެސް ރައީސް ޔާމީން އަށް ތައުރީފުކުރައްވަމުން ގެންދަވާ ޖަމީލްގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ބޮޑު ތަކުރުފާނުގެ އެ އަޒުމް ދައްކަވާ ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް ޔާމީންކަމަށެވެ.

އިދިކޮޅުގެ ގިނަ ސިޔާސީ ލީޑަރުންވެސް މިއަދު ގައުމުގެ ދިފާއުގައި ނިކުންނަށްޖެހޭކަމަށް ގޮވާލާފައިވާއިރު، ޖަމީލް އޭނާގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ގައުމިއްޔަތު ދިފާއުކުރަން ތެދުވާންވީ ވަގުތު އޮތީ ޖެހިފައިކަމަށެވެ.

ގައުމީ ދުވަސް ފާހަގަ ކުރާއިރު، ދިވެރާއްޖޭގެ ސިޔާދަތީ މިނިވަންކަން ހޯދުމަށްޓަކައި މަސައްކަތް ކުރަންޖެހޭކަމަށް ފާހަގަކޮށް، އިދިކޮޅުން ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިއުންތައް އަމާޒު ކުރަމުން ދަނީ ގައުމުގެ މިނިވަންކަމާއި ގުޅުވައެވެ. ހާއްސަކޮށް އިންޑިއާއި އެކު ބާއްވާ ގުޅުމާއި، އެކުލަވާލާ ގޮތް ނޭނގޭ އެއްބަސްވުންތަކާއި އޭގެ ދަށުން ރާއްޖޭގައި އިންޑިއާގެ ސިފައިން އުޅެމުންދާކަމުގެ ތުހުމަތުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: