ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިނުގަތް!

ރައްޔިތުންގެ މަޖިލީސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ އެވެ.

މި ބިލް މަޖިލީހަށް ބަލައިނުގަތުމަށް ނިންމީ މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވި  37 މެންބަރުންގެ ތެރެއިން 36 މެންބަރުން މި ބިލް ބަލައިނުގަތުމަށް ވޯޓުދިނުމުންނެވެ.

މެންބަރު ނަޝީދު ހުށަހެޅުއްވި މި އިޞްލާޙުަގއި ވަނީ، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓަރީ ކުރާއިރު، ދެ ފުރޮޅަށްވުރެއް ގިނަ ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ރަޖިސްޓްރީކުރުމަށް މިހާރު އޮންނާތީ، އެކަމުގެ ސަބަބުން ނާޖާއިޒް ފައިދާ ނަގައި ބޮޑެތި އަދަދުތައް ގަރާޖުފީގެ ގޮތުގައި ނުވަތަ ގަރާޖުކުލީގެ ގޮތުގައި ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން ނަގަމުންގެންދާތީ ކަންބޮޑުވާކަމަށެވެ.

މީގެ އިތުރުން، ގަރާޖުގައި އޮންނަ ޖާގައަށްވުރެއް ގިނަ އުޅަނދުފަހަރު ގަރާޖުގައި ރަޖިސްޓްރީކޮށްދީ، އެފަދަ އަމަލުތައް ބައެއް ފަރާތްތަކުން ކުރަމުންގެންދާތީ، އަދި މިކަންކަން ރަނގަޅަށް ނުބެލޭތީ އެއްގަމު އުޅަނދުފަހަރު ރެޖިސްޓްރީކުރުމުގައި ގަރާޖެއްގައި ރެހިސްޓްރީކުރަން ނުޖެހޭގޮތައް އިޞްލާޙުގެނައުމަށް އެދިފައިވއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: