ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީން މިހާރު ބުނަމުން ދަނީ އިދިކޮޅުން ވަގު ފޯމު ހުށަހެޅިކަމަށް ބުނެފައި ނުވާނެކަމަށް: ޝުޖާއު

ޕީޕީއެމްގެ ޖަލްސާއެއްގައި ޝުޖާއު ވާހަކަ ދައްކަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުގެ ދަފްތަރާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބޮޑެތި އޮޅުވާލުންތަކެއް، އޮޅުވާލާފައިވާކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު އާއްމު ކުރިއިރު، ބައެއް ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ވަނީ ހީނުކުރާ ވަރުގެ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ކޯލިޝަން ޕާޓީތަކަށް ދިނުމުގެ ގޮތުން އީސީން މެމްބަރުންގެ އަދަދަށް ބަދަލު ގެނެސްފައިވާކަމަށް ބުނެ ދާދިފަހުން ވެސް އިދިކޮޅުން އެ މައްސަލަ ކޮމިޝަނަށް ހުށަހެޅި އެވެ. އަދި އެކި ފަހަރު މަތީން ވަނީ އެ ޕާޓީގެ މެމްބަރުން އެހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނިގެން ޝަކުވާ ހުށަހަޅާފަ އެވެ. މައްސަލަ ބޮޑުވެ އިލެކްޝަނުން އެންމެ ފަހުން އާއްމު ކުރި ގަވައިދުގައި އެފަދަ ފޯމުތައް ފާހަގަ ކުރެވިއްޖެ ނަމަ ޕާޓީތައް ޖޫރިމަނާ ކުރާނެކަމަށް އިއުލާނު ކުރި އެވެ.

އީސީގެ އެ ނިންމުމަށް ފަހު ކޮމިޝަނުން ވަނީ އެންމެ ގިނައިން ވަގު ފޯމުތައް ހުށަހެޅި ޕާޓީތަކުގެ ލިސްޓެއް އާއްމުކޮށްފަ އެވެ. އޭގެ ތެރޭގައި ހުރިހާ ޕާޓީއެއްގެ ނަންތައް ވެސް ހިމެނޭއިރު އެންމެ ގިނަ އަދަދަކަށް ފޯމު ހުށަހެޅި ޕާޓީއެއްގެ ގޮތުގައި އޮތީ އިދިކޮޅު ކޮންގްރެސް ކޯލިޝަނެވެ. އެ މައްސަލައިގައި އީސީން ބައެއް މީޑިއާތަކަށް މައުލޫމާތު ވެސް ދިނެވެ.

ކޮމިޝަނުން އާއްމުކުރު ތަފާސްހިސާބުތަކުގައި، އިދިކޮޅުގެ ދަފްތަރަށް ވެއްދުމަށް ހުށަހެޅި ފޯމުތަކުގައި 391 ސައްހަ ނޫން ނުވަތަ ވަގު ފޯމު ހިމެނޭކަމަށް އީސީން ބުނެފައި ނުވާނެކަމަށް ބުނެ މިހާރު ވާހަކަ ދައްކަމުން ގެންދާކަމަށް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ކޮމިޝަނުން އެ މައުލޫމާތުތައް އާއްމު ކުރުމުން އެކަމުގެ ތަފްސީލުތައް ހޯދަން ދެ ފަހަރެއްގެ މަތީން ހުށަހެޅި ސިޓީތަކަށް އެއްވެސް ޖަވާބެއް ނުލިބޭކަމަށެވެ. އަދި ފަހުން އެފަދަ މައުލޫމާތެއް އާއްމު ނުކުރާކަމަށް ބުނެފައިވާކަމަށް ޝުޖާއު ވިދާޅުވި އެވެ.

ސިޓީތަކަށް އެއްވެސް ޖަވާބެއް ނުލިބުމުން، އިދިކޮޅުން ގޮސް ކޮމިޝަނާއި ބައްދަލުކޮށް ޝަކުވާތައް ހުށަހެޅިކަން ޝުޖާއު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ބައްދަލުވުމުގެ ތެރޭގައި ކުރިން ފޮނުވާފައިވާ ސިޓީތަކުގެ ޖަވާބު ހޯދުމަށް އެދުމުން ވަކި ޖަވާބެއް ނުދީ ތިބުމަށް ފަހު ހަފްތާއެއް ފަހުން، މިހާރު 391 ވަގު ފޯމު ފެނިފައިވާކަމަށް ނުބުނާކަމަށް ބުނެ ކޮމިޝަނުން ޖަވާބު ފޮނުވި ކަމަށެވެ.

އެންމެ ގިނަ ސައްހަ ނޫން ފޯމު ހުށަހެޅި ޕާޓީތަކުގެ ލިސްޓު އާއްމު ކުރިއިރު އެންމެ ކުރީގައި އޮތީ ޕީޕީއެމްގެ ނަމެވެ. އަދި އޭގެ ފަހުން ވެސް ކޮމިޝަނުން ވަނީ އިދިކޮޅުން ސައްހަ ނޫން ފޯމުތައް ހުށަހަޅާފައިވާކަމަށް ބުނެ މީޑިއާތަކަށް މައުލޫމާތު ދީފަ އެވެ. އެ މައްސަލައިގައި ކޮމިޝަނުން މިހާރު ބުނަމުން ދަނީ އެފަދަ ވާހަކައެއް ދައްކާފައި ނުވާނެކަމަކަން ފާހަގަކޮށް ޝުޖާއު ވަނީ އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބަށް ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. ޝުޖާއު ވިދާޅުވީ، ވަގު ފޯމުތަކެއް ހުށަހަޅަނީ އިދިކޮޅުން ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: