ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުން ގަސްކަނޑާ މައްސަލަ ނަޝީދު ކޯޓަށް ހުށަހަޅައިފި

ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޮންގްރެސްގެ މަންދޫބުންނާ މުހާތަބު ކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގު ހެދުމުގެ މަޝްރޫއު ފަށައިގެން ކުރިއިއަށްދާއިރު އެ މަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ އެ ގަސްތައް ކެނޑުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިކަން ފާހަގަކޮށް ޝުނާނާ އެންޑް ކޯ ލޯ ފާމުން ކޮށްފައިވާ ޓުވީޓުގައި ވަނީ ގަސްތައް ނުކެނޑުމުގެ ވަގުތީ އަމުރެއްވެސް ނެރެދިނުމަށް އެދިފައެވެ.

އަމީނީ މަގުގައި ތާރު އެޅުމަށް ހަވާލުވެފައިވާ ސަރުކާރުގެ ކުންފުނި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީން )މިހާރު އަންނީ އެ މަގުގައިވާ ގަސްތައް ނަގަމުންނެވެ. އެއާ އެކު ސޯޝަލް މީޑިއާގައި ސިޔާސީ އެތައްބައެއްގެ އިތުރުން އާއްމުންގެ އެތައްބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުން އެކަމުގައި އޮތުމުން އެމައްސަލަ ހެންވޭރު ހުޅަގު ދާއިރާގެ މެމްބަރު ހަސަން ލަތީފްވަނީ ރައްޔިތުންގެ މަޖިލީހަށްވެސް އެ މައްސަލަ ހުށަހަޅާފައެވެ.

ގަސް ކެޑުމުގެ މައްސަލަ އާއި ގުޅިގެން ސިޓީ ކައުންސިލުގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ އޮތް އެއްބަސްވުމުގައި ވެސް ގަސްތައް ކަނޑާލުމުގެ ވާހަކަތަކެއް ނެތް ކަމަށެވެ. އާރުޑީސީގެ މަޝްރޫއު އާއި ހަމައިން ގަސްތައް ކެނޑުމުގައި އެހީވުމަށް ހުށަހެޅުމުން ގަސް ނުކެނޑުމަށް އެދިފައިވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: