ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ބޭއްވި ހަތަރު ބައި އިލެކްޝަން: ދެ ގޮނޑި ޕީޕީއެމަށް، ދެ ގޮނޑި އެމްޑީޕީއަށް!

މިއަދު ބޭއްވި ބައި އިލެކްޝަންތައް ކާމިޔާބު ކުރި ކެނޑިޑޭޓުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތަރު ރަށެއްގައި ކުރިޔަށް ދިޔަ ބައި އިލެކްޝަނުގެ ގޮނޑިތައް އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.

މިއަދު ބާއްވާފައި ވަނީ ށ. މާއުނގޫދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަނާއި، ރ. ރަސްމާދޫ އާއި ތ. ގުރައިދޫ އަދި ލ. ދަނބިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބެވެ.

މި އިންތިހާބުތަކުގެ ތެރެއިން ރަސްމާދޫ އާއި، ގުރައިދޫގެ ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމެވެ. އަދި ދަނބިދޫ އާއި މާއުނގޫދޫގެ ބައި އިލެކްޝަން ކާމިޔާބު ކުރީ އެމްޑީޕީންނެވެ. ރަސްމާދޫގެ ޑަބްލިއުޑީސީގެ ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމްގެ ކެނޑިޑޭޓު ސާބިރާ މުހައްމަދެވެ. އަދި ގުރައިދޫގެ ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމްގެ ކެނޑިޑޭޓޫ ޝަރުމާ އަލީ އެވެ.

މާއުނގޫދޫ ކައުންސިލްގެ ގޮނޑި ހުސްވެފައިވާތީ، އެގޮނޑިއަށް ކުރިމަތިލީ ކެނޑީޑޭޓުންގެ ތެރެއިން އިންތިހާބުގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެނޑިޑޭޓު ފާތިމަތު ޝިމާނާ އެވެ. މިއާއެކު، މާއުނގޫދޫ ރަށު ކައުންސިލުގައި ދެން ތިއްބަވާނީ އެމްޑީޕީގެ ތިން މެންބަރަކާއި، ޕީޕީއެމްގެ ދެ މެންބަރުންނެވެ.

ދަނބިދޫގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި އައިޝަތު ޒިޔާދާ އެވެ.

އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް މަދު ނަމަވެސް، ހަތަރު އިންތިހާބުގެ ޖުމްލަ ވޯޓުތައް އެއްކުރުމުން ގިނަ ވޯޓު ލިބެނީ ޕީޕީއެމަށެވެ. އެއީ 1،112 ވޯޓުންނެވެ. އެމްޑީޕީއަށް ހަތަރު ދާއިރާގެ އިންތިހާބުން ޖުމްލަ ލިބުނީ 713 ވޯޓެވެ.

 

ވަރަށް ގަދަ
47%ވަރަށް ގަދަ 27%ވަރަށް ގަޔާވޭ 27%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: