ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓުރިޒަމް ދުވަސް ފާހަގަކުރަން ސަރުކާރު މުވައްޒަފުން ގޭގަ، ރިސޯޓު މުވައްޒަފުން ޑިއުޓީގަ!

ޕީއެންސީގެ ނައިބު ރައީސް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް، ސަރުކާރު ބަންދުކޮށް ވެރިންނާއި މުވައްޒަފުން ގޭގައި ތިބި ނަމަވެސް ދާއިރާގެ މުވައްޒަފުން އާދައިގެ ދުވަހެކޭ އެއްގޮތަށް ތިބެން ޖެހެނީ ޑިއުޓީގައިކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އޮކްޓޯބަރު މަހުގެ 03 އަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ކަނޑައަޅައި، އެކަން އިއުލާނު ކުރުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވީ އޭގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން ނުވަތަ ރިރޯޓުތަކުގެ މުވައްޒަފުންނަށް ލިބޭ ފައިދާއަކާއި މެދު އެވެ. ފަތުރުވެރިކަމަށް ލިބުނު ކާމިޔާބީތައް ފާހަގަކުރުމަށް ބޮޑެތި ހަފްލާތަކާއި، ޖަލްސާ އަދި ބައްދަލުވުންތައް ކުރިޔަށް ގެންދާއިރު ރިސޯޓު މުވައްޒަފުންގެ މަސައްކަތް އަގުވަޒަން ނުކުރާތީ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށްފައި ވެއެވެ.

ރޭ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ޝުޖާއު ވިދާޅުވީ، ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ސަރުކާރު ބަންދު ކުރާއިރު ދާއިރާގައި މަސައްކަތް ކުރާ ހީވާގު މުއައްޒަފުން ޖެހެނީ އެ ދުވަހު ވެސް ޑިއުޓީކުރަން ކަމަށެވެ. އަދި ސަރުކާރު މުއައްޒަފުން ސަރުކާރު ބަންދުކޮށް އެދުވަހު ގޭގައި ތިބޭ ގޮތަށް ޗުއްޓީ ދިނީ ކޮން އުސޫލެއްގެ ދަށުންތޯ އޭނާ ސުވާލު އުފެއްދި އެވެ.

”ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުަވަހެއް. ސަރުކާރު މި ބަންދުވަނީ ކީއްވެގެންތޯ؟ އެއީ ޓުއަރިސަމަށް 50 އަހަރު .ސަރުކާޜު ބަންދު ކޮށްލަނީ. ހުރިހާ ރިސޯޓު މުއައްޒަފުން، ހުރިހާ ހީވާގި ރިސޯޓު މުއައްޒަފުން ނައިޓަށް ރަށަށް ނުދެވި. ސަރުކާރު މުއައްޒަފުން ސަރުކާރު ބަންދުކޮށް، ގޭގަ.”ޝުޖާއު ވިދާޅުވިއެވެ.

މި އަހަރަކީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރާ އަހަރެވެ. އަދި މިހާ ކުލަގަދަގޮތެއްގައި މި ދުވަސް ފާހަގަކުރުމަށް ނިންމާފައިމިވަނީ ފަތުރުވެރިކަމަށް 50 އަހަރު ފުރޭތީއެވެ.

2018 ގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރިއިރު އެމްޑީޕީގެ މެނިފެސްޓޯގެ ގިނަ ވައުދުތަކެއް ވެފައިވަނީ ރިސޯޓު މުވައްޒަފުންނަށެވެ. އޭގެ ތެރޭގައި ސާވިސް ޗާޖު މުވައްޒަފުންނަށް ނުލިބޭ މައްސަލަ ހައްލުކޮށް، މަޖުބޫރު ކުރުމާއި ޑިއުޓީ ނިންމައި ގެއަށް ނުވަތަ ރަށަށް ދެވޭނެ އުސޫލުތަކެއް ގެންނާނެކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: