ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ އެލް ބޯޑު ޖަހައިގެން ދުއްވާ ސަރުކާރެއް، ކައިރިވެއްޖެނަމަ ދަތްދޮޅިވެސް ދުއްވާލަފާނެ: އާދަމް ޝަރީފް

މިނިވަން ކުރޭގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގައި ޕީއެންސީީގެ ނައބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވާހަކަ ދައްކަވަނީ/ ފޮޓޯ: މުހައްމަދު މާހީ - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެލްބޯޑު ޖަހައިގެން ދުއްވާ އުޅަދެއްގެ މިސާލު ސަރުކާރަށް ޖައްސަވާ، ސަރުކާރާއި ކައިރިވެއްޖެނަމަ ކޮންމެފަދަ އަނިޔާއެއްވެސް ލިބިދާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ބޮޑެތި ސީރިއަސް މައްސަލަތަކުގައި ސަރުކާރުން ރިއެކްޓް ނުކުރައްވާ، އަދި އެފަދަ މައްސަލަތަކުގައި އެއްވެސް ބަހެއް ވެސް ވިދާޅުނުވާތީ ކަންބޮޑުވުންފާޅުކުރައްވާ އާދަމް ޝަރީފް ވަނީ އޭގެ ތެރެއިން ބައެއް މައްސަލަތައް ފާހަގަކުރައްވާފައެވެ.

އެގޮތުން ބޭރުގެ ބޯޓުތަކުން ރާއްޖޭގެ މަސް ކަނޑުން މަސް ބާނައިގެން ދާއިރުވެސް އަޅާނުލާ ވާހަކަައިގެ އިތުރުން، މިދިޔަ މަހުގެ 19 ވަނަ ދުވަހު ފޭސް 2 އިން ގެއްލުނު ޒުވާނާގެ މައްސަލައަށެވެ. އުމުރުން 17 އަހަރުގެ މުހައްމަދު އަޒްހާން ގެއްލިގެން ހޯދަމުން އަންނަތާ އެތައް ދުވަހެއް ވެފައިވާއިރު ވެސް މިކަމާއި ގުޅޭ ގޮތުން ސަރުކާރުން އެވެސް އެއްޗެއް ވިދާޅުވެފައިނުވާތީ އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރިއެވެ.

މިކަމަށް ސަރުކާރުން އެއްވެސް ބައެއް ނުބުނާކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ހިގިކަމެއްނަމަ އެކަމުގެ ޒިންމާ ސަރުކާރުގެ ބޮލުގައި އަޅުވާނެކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ވާދަވެރި އޮޕޮޒިޝަންއަކީ ޒިންމާދާރު ބައެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަނޑުމެން ދަންނަވާކަން ބޭނުމެއް ނޫން މީގެ ޒިންމާ އިބްރާހީމް މުހައްމަދު ސާލިހު ނަގަންޖެހޭނެއެކޭ، އެކަމަކު އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ 10 12 ދުވަސް ވެގެންދާއިރު އޭނަ އާއި ބެހޔޭ ގޮތުން ސަރުކާރަކުން މާ ބޮޑު ވާހަކައެއް ދައްކަނީކީނޫން، ރައީސުލްޖުމްހުރިއްޔާ ވާހަކައެއްދެއްކީކީ ނޫން. ކަމާއި ބެހޭ ވުޒާރާތަކުން އެއްވެސް ވާހަކައެއް ދެއްކީކީ ނޫން. އެއްގޮތަކައްވެސް ރިއެކްޗަނެއް ނެތް، ވާހަކަދައްކަނީކީ ނޫން

މިފަދަ ސީރިއަސް މައްސަލަތަކުގައި އެއްވެސް ކަހަލަ ޖަޒުބާތެއް ފާޅުނުކުރައްވަނީ ހިތަށް އެއްޗެއް އަރުވަންވެސް ނޭގޭހާ މި ސަރުކާރު ޖާހިލުވުމުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ސަރުކާރުގައި ކަން މި ހިގާ އުސޫލުން ކަންތައްތައް ދިޔައީމައި އެބޭފުޅުން އެއަށް ކިޔަނީ އެލް ބޯޑު ޖަހައިގެން ދުއްވުންކަމަށް ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އެހެންކަމުން ގެއްލުމެއް ލިބިދާނެތީ ދުރުން އުޅެންޖެހޭނީ ރައްޔިތުންކަމަށެވެ. ނޫންނަމަ ކޮންމެފަދަ ގެއްލުމެއްވެސް ލިބިދާނެކަމަށް ފާގހަގކުރައްވާ މަޖާޒީ ރާއްގެއްގައި އޭނާ ވިދާޅުވީ މި ސަރުކާރާއި ކައިރިވެއްޖެނަމަ ދަތްދޮޅިވެސް ހިގައިދާނެކަމަށެވެ.

ރައްޔިތުން މިކަންކަމުގައި ހުށިޔާރު ވާންޖެހޭނީ، އެލް ބޯޑޫ ޖަހައިގެން މަގުމައްޗަށް ނިކުންނައިރުގަ އޭގަ ހުންނާނެ ނަން ބޯޑެއް، އެހެން މީހުން ބަލަންޖެހޭނީ އެ އުޅަދަނކާއި ކައިރުނުވެ އުޅެވޭތޯ. އަޅުގަނޑުމެންނަށް އިގޭ މި ސަރުކާރާއި ކައިރިނުވެ އުޅެން. ކައިރިވެއްޖެއާ ފަހަރެއްގަ އަޅުގަނޑުމެންގެ ތަނެއް ކަންނޭގެ ދުއްވާލާނީ އަތެއް ފަޔަށް ކަންނޭގެ ތަދުވާނީ. އާދެ ފަހަރެއްގަ ދަތްދޮޅި ވެސް ހަމަ ދިއުމަކީ އެކަށީގެންވާކަމެއް

ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހަމަނުޖެހުން ހިނގުމުން މަޖިލީހުގެ ޖަލްސާއަށް ފަހު މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕު (އެސްޕީޖީ) އޮފިސަރުންނާ ބައްދަލުކުރައްވައި އޭރު ޑިފެންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވާ އާދަމް ޝަރީފު ދެއްވެކި ވާހަކައިގައި އޭނާއަށް ވުރެ ސިފައިންގެ ކެތްތެރިކަން ބޮޑުވާނެ ކަމަށް ފާހަގަކޮށް، ޖަލްސާގައި މެމްބަރުންނާއި ސެކިއުރިޓީ އޮފިސަރުންނާމެދު ހަމަނުޖެހުން ހިނގިއިރު، އޭނާ މަޖިލީހުގެ އިދާރާގައި ހުންނެވިނަމަ ކޮންމެވެސް މީހެއްގެ ދަތްދޮޅި ދުއްވާލީމުސް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. 

އާދަމް ޝަރީފް އެހެން ވިދާޅުވި ބައްދަލުވުމުގެ އޯޑިއޯ ފަހުން ލީކްވުމުން ދަތްދޮޅި ދުއްވާލުމާއި އާދަމް ޝަރީފާއި ގުޅުވައި އޭރު އިދިކޮޅުގައި ތިބި އެމްޑީޕީ އިން އާދަމް ޝަރީފަށް ފުރައްސާރަކުރިއެވެ.

އާދަމް ޝަރީފުގެ ވާހަކަގައި އިތުރަށް ވިދާޅުވީ، އެލް ބޯޑު ޖަހައިގެން އުޅޭތީ ކުށްވެރިނުވާކަމަށާއި އެހެންކަމުން މި ސަރުކާރަށް ކޮށްފަ ނުކުރާނެކަމެއް ނޭގޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: