ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނީ ބަހުގެ ހިދުމަތައް އަގު ނަގަން ފަށަނީ!

މަލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފެށުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން މިނީ ބަހުގެ ހިދުމަތް ބޭނުން ކުރުމަށް އަގު ނެގުމަށް ނިންމާފައިވާކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން މާލޭގައި ފަށާފައިވާ މި ހިދުމަތަކީ ދިވެހި ރައްޔިތުންގެ ދަތުުރު ފަތުރު ކުރުމުގެ ނިޒާމަށް ފުރިހަމަ ކަމެއް ގެނެސްދިނުމުގެ މަގުސަދުގައި އެމްޓީސީސީން ފެށި މަޝްރޫޢުއެކެވެ.

އެމްޓީސީސީން ކުރިން މައުލޫމާތު ދީފައިވާގޮތުން އަގު ނަގަން ފެށިގެންދާނީ ބަހުގެ ހިދުމަތް ދޭން ފަށާތާ ދެ ހަފްތާއަށް ފަހު ސެޕްޓެމްބަރު މަހުގެ 19 ގައެވެ. އެހެން ނަމަވެސް އެ ކުންފުނިން ވަނީ ރައްޔިތުންނަށް ހިދުމަތްތައް ހިލޭ ތަޖުރިބާ ކުރެވޭނެ ގޮތަށް އެ މުއްދަތު އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ނިޔަލަށް ދިގު ދަންމާފައެވެ.

އެމްޓީސީސީގެ މިނީ ބަހުގެ ހިދުމަތަށް ނެގުމަށް ކަނޑައެޅިފައި ވަނީ 7 ރުފިޔާއެވެ. އަދި ޖުމުލަ ހަތަރު ގޮތަކަށް ޓިކެޓު ނެގުމުގެ އިންތިޒާމު ކުރެވިގެންދާއިރު މިވަގުތު ލިބޭނީ ދެގޮތަކަށްކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައިވާގޮތުންެ އާރްޓީއެލްގެ އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ދުވަސްވީ ފަރުދުންނަށާއި، ރަށް ރަށުން ޒިޔާރަތް ކުރާ މީހުންގެ އިތުރުން އެ އިންތިޒާމު ބޭނުން ކުރުމުގައި ދަތިތައް ކުރިމަތިވާ ފަރާތްތަކަށް “ސީދާ 7 ރުފިޔާ” ދިނުމުންވެސް ދަތުރު ކުރެވޭނެ އެވެ. އަދި ބަހުން ފައިސާ މާރު ނުކުރެވޭނެކަމަށް އެނާ ފާހަގަކުރެއްވި އެވެ.

އާޒިމް ވިދާޅުވީ، އޮކްޓޯބަރު މަސް ނިމުމުގެ ކުރިން “ކޮންޓެކްޓްލެސް ވިސާ މާސްޓަރ ކާޑު” ބޭނުން ކޮށްގެން ދަތުރު ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އާރްޓީއެލް ޕްރީޕެއިޑް ދަތުރު ކާޑެއް ލޯންޗު ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށްވެސް އެނާ ވިދާޅުވިއެވެ.

ރައްޔިތުން އެދޭ ގޮތުގެ މަތިން މިނީ ބަހުގެ ހިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް މަސައްކަތްތަކެއް ކުރާކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، ބައެއް ރައްޔިތުންވަނީ އެއް ޓިކެޓުގެ ބޭނުންކޮށްގެން ގިނަ ދަތުރުތަކެއް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދިފައިކަމަށެވެ.

އެނާ ވިދާޅުވީ، އެހެންކަމުން މިހާރު އާރްޓީއެލް އެޕްލިކޭޝަން މެދުވެރިކޮށް އެކި އަދަދުތަކުން ދަތުރު ކުރެވޭނެގޮތަށް ޓިކެޓު ގަނެވެން ހުންނާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމްވަނީ ހިލޭ ދަތުރު ކުރެވޭ ކެޓަގަރީތަކެއް ހުންނަކަމަށްވެސް އިޝާރާތްކުރައްވާފައެވެ. އެގޮތުން 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުދިންނަށް އައިޑީ ކާޑު ދައްކާލުމަށްފަހު ހިލޭ ދަތުރު ކުރެވޭނެކަމަށާއި، ހާއްސަ އެހީއަށް ބޭނުންވާ ބޭފުޅުންނަށް އެންސްޕާގެ ކާޑު ދެއްކުމަށްފަހު ހިލޭ ދަތުރު ކުރެވޭނެކަމަށްވާއިރު ސުކޫލު ކުދިންނަށް ޔުނިފޯރމުގައި ދަތުރުތައް ކުރެވޭނެކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: