ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީ އެކުލެވިގެން ވާ ގޮތް ބަދަލު ކުރުމުގެ މަޝްވަރާތައް ފަށައިފި

ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމުގެ މަޝްވަރާތައް ފެށުން/ ފޮޓޯ: އެޓާނީ ޖެނެރަލްގެ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ މަޝްވަރާތައް ފަށައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު ރިވިއުކޮށް، އަދުލު އިންސާފުގެ ދާއިރާއާގުޅޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހު ގެނައުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް އެމްޑީޕީއިން އިދިކޮޅުގައި އޮތް އިރުވަނީ ވަރަށް ބޮޑަށް ވަކާލާތުކޮށްފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ބިލު އެކުލަވާލުމުގެ ގޮތުން ރާއްޖޭގެ ކޯޓުތަކާއި، ޖޭއެސްސީ އަދި އެ ނޫން ވެސް ކަމާއި ގުޅޭ އިދާރާތްތަކާއި އެކު މަޝްވަރާތައް ކުރިޔަށް ގެންދާނެ ކަމަށެވެ.

ޖޭއެސްސީއަކީ ދެފުށް ފެންނަ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުވައްސަސާއެއްގެ ގޮތުގައި ކަށަވަރު ކުރުމަށް ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކަށް ބަލައި ކޮމިޝަން އެކުލެވިގެން ވާ ގޮތް ބަދަލު ކުރުމަށް ގާނޫނު އަސާސީގެ 158 ވަނަ މައްދާއަށް ގެންނަ އިސްލާހު ހުށަހަޅާނެކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ މަޖިލީހުގެ މި ހިނގަމުން ދާ ދައުރުގަ އެވެ.

ކޮމިޝަން އެކުލެވިގެން ވާ ގޮތް ބަދަލު ކުރުމުގެ މަޝްވަރާތަކަށް ޖޭއެސްސީ އާއި ސުޕްރީމް ކޯޓުގެ ބައްދަލުވުމެއް ކުރިޔަށް ގެންދިޔަ ނަމަވެސް އެކަމާއި ބެހޭ މާބޮޑު ތަފްސީލެއް ނުލިބެ އެވެ.

ޖޭއެސްސީ އެކުލަވާލާފައި އޮންނަ ގޮތުން އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުންނަށް ތިބެވެ އެވެ. އަދި އެ މީހުންގެ ސަބަބުން ފަނޑިޔާރުގެތަކަށް ނުފޫޒު ވަންނަކަމަށް ތުހުމަތުތައް ކުރެވެ އެވެ. އަދި އެ ފުރުސަތު އޮންނާނެކަން މީޑިއާތަކުން ވެސް ރިޕޯޓު ކުރެ އެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަސްތަކުގެ ތެރޭގައި ޖޭއެސްސީން ވަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލައި އެ މީހުން މަގާމުން ވަކިކޮށްފަ އެވެ.

ޖޭއެސްސީގައި ހިމެނެނީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުކަން ކުރައްވާފައިވާ ބޭފުޅުންނެވެ. އޭގެ އިތުރުން އެ ބޭފުޅުން ވަނީ 2018 ގެ ރިޔާސީ އިންތިހާބު ބާތިލު ކުރަން ހުށަހެޅި މައްސަލައިގައި ވެސް ވަކާލާތުކޮށްފަ އެވެ.

ޖޭއެސްސީގެ ރައީސަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިނެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ވެސް ޖޭއެސްސީގައި އިންނަވަ އެވެ. އަދި ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތާއި އެކު، ރައީސްގެ މަންދޫބެއްގެ ގޮތުން މަސްތޫރު ހުސްނީ ވެސް އެ ކޮމިޝަންގައި އިންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: