ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުގެ އެންމެ ދޯދިޔާ މިނިސްޓްރީއަކީ ހޯމް މިނިސްޓްރީ: ރާއީ

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގައި އެންމެ ދޯދިޔާ މިނިސްޓްރީއަކީ ހޯމް މިނިސްޓްރީ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 27 އަހަރުގެ މުހައްމަދު އަޒްހާން މަރުވެފައިވާ ހަށިގަނޑު ފެނުނުކަމަށް ބުނާ މައްސަލައާއި ގުޅިގެން މަޖިލީހަށް ކުއްލި ކުއްލި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ރާއީ ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް މިއަދު އޮތް އިރު އެ ސަރުކާރުގައި އެންމެ ދޯދިޔާ މިނިސްޓްރީއަކީ ހޯމް މިނިސްޓްރީ ކަމަށާއި އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަދާ ކުރަން ޖެހޭ ޒިންމާ އަދާ ނުކުރެވޭކަން ގަބޫލު ކުރަން ޖެހޭ ކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ ރާއްޖޭގައި އެތައް މަރުތަކެއް ހިނގަމުންދާއިރު އެކަން ހިނގަމުންދާ ގޮތް އެއްވެސް ވަރަކަށް މިނިސްޓަރ އިމްރާން ނުބައްލަވާ ކަމަށެވެ. އަދި އެއީ ކަންބޮޑުވާ ކަމެއް ކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ ބޮޑެތި ޖިނާއީ މައްސަލަތަކުގައި ފުލުހުން އަމަލު ކުރަމުން ދަނީ ބަލައިގަނެވޭނެ ފަދަ ގޮތަކަށް ނޫން ކަމަށާއި ކޮންމެ މައްސަލައެއްގައި ވެސް ސުވާލު އުފެދޭ އެތައް ކަމެއް ހުންނަ ކަމަށް ރާއީ ވިދާޅުވިއެވެ.

ރައީ ވިދާޅުވީ ފުލުހުން މައްސަލަތައް ތަހުގީގު ކުރަމުންދާ ގޮތާއި ބެހޭ ގޮތުން ފުލުހުންގެ ބޯޑުން އަމަލު ކުރާ ގޮތް ބަލަން ޖެހޭނީ ހޯމް މިނިސްޓަރ އަމަލު ކުރައްވާ ގޮތް ބެއްލެވުމަށް ފަހު ކަމަށާއި އެކަން އެކިއެކި ބަޔާންތަކުން ސާފްވާ ކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ ވަނީ އަޒްހާންގެ މައްސަލަ މަޖިލީހުން ބަލައި ނުގަތުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ތްރީލައިން ވިޕެއް ނެރުމުން އެކަމަށް ވެސް ފާޑުވިދާޅުވެފައެވެ. އަދި މިފަދަ މައްސަލަތަކުގައި އެގޮތަށް ތްރީލައިން ވިޕް ނެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ރާއީ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ޕީޖީ ގުރޫޕުން ތްރީލައިން ވިޕް ނެރޭ ގޮތާއި މެދު ވެސް ރާއި ވަނީ ސުވާލު އުފައްދަވާފައެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: