ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެސީނޯ ބަހުސްއިން މަހުލޫފް ބޯދަމައިގެންފި!

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކެސީނޯ އެޅުމާއި ގުޅޭގޮތުން އެކަމަށް ތާއީދުކުރައްވާފަދަ މޭރުމަކުން ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ދެއްކެވި ވާހަކަތަކާއެކު އާއްމުންގެ އެތައް ބައެއްގެ ފާޑުކިޔުންތަކާއި ނުރުހުން އަމާޒުވުމާއެކު ކެސީނޯއެޅުމަށް ތާއީދުނުކުރައްވާ ކަމަށްބުނެ ދެއްކެވި ވާހަކަތަކުން މިނިސްޓަރު އަހުމަދު މަހުލޫފް ބޯދަމައިގެންފިއެވެ.

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް މިނިސްޓަރު މަހުލޫފް ހާޒިރުކުރެވިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ކުރެއްވި ސުވާލަކާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި މަހުލޫފް ވަނީ ރާއްޖޭގެ ރިސޯޓުތަކުގައި ކެސިނޯ ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކުރެވެންޖެހޭކަމަށް ވިދާޅުވެފައެވެ.

ޖާބިރުވަނީ ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރާ ވިއްކަމުންދާތީ ކެސިނޯ ނުހިންގެންވީ ސަބަބެއް ނެތްކަމަށް ވިދާޅުވެ، ރާއްޖޭގައި ޖުވާކުޅޭ ތަންތަން ޤާއިމުކުރުމަށް ތާއީދުކުރައްވައި ވަކާލާތުކުރައްވާފައެވެ.

ޖާބިރު ކުރެއްވި ސުވާލާ ގުޅިގެން މަހުލޫފު ވިދާޅުވީ ކެސިނޯގެ ނަން ބުންޏަސް އަދި އެ ވާހަކަ ދައްކަވަން ފެއްޓެވިއަސް އެ ވާހަކަދައްކަވާ ބޭފުޅުން ގޯސްވެ ކުށްވެރިވާ ކަމަށެވެ.

“ހަމަ ހަގީގަތަށް މި ދެންނެވީ. ނަން ބުނެލިޔަސް ގޯސްވޭ. އެ ބިރުވެރިކަމުގައި އުޅެންޖެހެނީ،” މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ ޖާބިރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން ބަރާބަރަށް ރާ ވިއްކައި ހުރިހާ ސަކަރާތެއް ރިސޯޓުތަކެއްގައި ޖަހާ ކަމަށެވެ. އަދި ރާ ވިއްކުން ހަރާމްކޮށްފައި ކެސީނޯ ހިންގުން ހަރާމްނުކުރެވޭނެ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

“ބަރާބަރަށް ރާ ވިއްކާ. އެހެން ހުރިހާ ސަކަރާތެއްވެސް އެތަންތަނުގައި ޖަހާ. ކެސިނޯގެ ވާހަކަ ފަށާފައި ހަމަ ބުނާއިރަށް ބުނޭ ހަރާމޭ. ރާ ވިއްކުން ހަރާމެއް ނޫނޭ، ކެސީނޯގެ މަސައްކަތް ފަށާ ވާހަކަދައްކާއިރަށް އެ ހަރާމެއް ނުކުރެވޭނޭ،” އިއްޔެގެ ޖަލްސާގައި މަހުލޫފު ވިދާޅުވިއެވެ.

މިނިސްޓަރު މަހުލޫފުގެ ވާޙަކަފުޅާއި ގުޅިގެން ސިޔާސީ އެތައް ފަރާތްތަކެއްގެ އިތުރުން، ދީނީ އިލްމުވެރިންނާއި އާއްމުންގެ އެތައް ބަޔަކު ވަނީ އެކަމަާ ނުރުހުން ފާޅުކޮށް ފާޑު ކިޔާފައެެވެ.

އެ ފާޑުކިޔުންތަކަށް ކެތްނުކުރެވި، މިނިސްޓަރު މަހުލޫފް ހޫނު ފެނަށް ވެއްޓުމާއެކު، އަމިއްލަ ދިފާއުގައި ތެދުވެ ކުރެއްވި ޓުވީޓުގައި އޭނާ ވިދާޅުވީ  އޭނާއަކީ ކެސިނޯ އަޅަން ތާއީދު ކުރާމީހެއް ނޫން ކަމަށާއި އަދި އެކަމަށް ވަކާލާތުކުރާ މީހެއްވެސްނޫންކަމަށެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓުގައި އިތުަރަށް ވިދާޅުވީ، ކެސީނޯއެޅުމަކީ މިނިސްޓަރުގެ މަސައްކަތާ އެއްވެސް ގުޅުމެއްވެސް ހުރި ކަމެއް ނޫންކަމަށެވެ. އަދި އިއްޔެގެ ޖަލްސާގައި ދެއްކެވި ވާހަކަތައް އާއްމުންނަށް އޮޅިފައިވާކަމަށް ބުނެ އޭނާ ވަނީ އެކަމަށް މަޢާފަށްވެސް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: