ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ “ހޭވައްލާ ތައްޔާރު” ޕްރޮމޯޝަން ފަށައިފި!

އެސްޓީއޯ " ހޭވައްލާ ތައްޔާރު" ޕްރޮމޯޝަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ އިން “ހޭވައްލާ ތައްޔާރު” ގެ ނަމުގައި ވޯލްޑް ކަޕާއި ގުޅުވައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިމާރާތުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި މައުލޫމާތު ދެމުން އެސްޓީއޯ އިން ބުނެފައިވާގޮތުން، “ހޭވައްލާ ތައްޔާރު” ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނަކީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ގަތަރުގައި ކުރިއަށް ގެންދާ ވޯލްޑް ކަޕް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

“ހޭވައްލާ ތައްޔާރު” ޕްރޮމޯޝަން ލަކީ ޑްރޯގެ އެއް ވަނަ އިނާމަކީ އައި ފޯން 14 ޕްރޯ މެކްސް އެކެވެ. އަދި ދެވަނަ އިނާމެއްގެ ގޮތުގައި ވީއާރް އަކާއި އެކު ޕީއެސް 5 ލިބޭ އިރު، ތިން ވަނަ އިނާމެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ 15،000 ރުފިޔާގެ ގިފްޓް ވައުޗަރެކެވެ. ގިފްޓް ވައުޗަރު ބޭނުންކޮށްގެން ހޯމް އެޕްލައެންސް އަދި ކިޗަން އެޕްލައެންސް ގަނެވޭނެއެވެ.

އެސްޓީއޯ އިން ބުނެފައިވާގޮތުން، 500 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށްވެސް “ހޭވައްލާ ތައްޔާރު” ގައި ބައިވެރިވުމަށް ޑިޖިޓަލް ކޫޕަނެއް ލިބިގެންދާނެއެވެ.

5 އޮކްޓޯބަރުން ފެށިގެން ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ހާއްސަ ކުރެވިފައިވަނީ އެސްޓީއޯ އިން ވިއްކަމުންދާ ފިލިޕްސް އަދި ސެމްސަންގް ބްރޭންޑުގެ ޓީވީތަކަށެވެ. އަދި ޕްރޮމޯޝަން ކުރިއަށް ދާ އިރު އިތުރު ޕްރޮޑަކްޓްސް ހިމަނާނެކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.

އެސްޓީއޯ އިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން “ހޭވައްލާ ތައްޔާރު” ޕްރޮމޯޝަން ކުރިއަށްދާއިރު އެސްޓީއޯ އިން ގަންނަ ވަކި މޮޑެލްއެއްގެ 50 އިންޗީގެ ޓީވީތަކާއި އެކު ސައުންޑް ބާއެއް ލިބިގެންދާނެކަމަށެވެ. އަދި ގަންނަ ކޮންމެ ޓީވީއަކާއި އެކު ބްރެކެޓެއް ލިބޭނެކަމަށް އެސްޓީއޯ އިން ވަނީ ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: